ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާދަޔާ ޚިލާފް އުނި ސިފަތަކާއެކު އުފަންވާކުދިން ގިނަވުން: އިސްރާއީލުން އަޖުމަބަލަން އައު ހަތިޔާރު ޣައްޒާގައި ބޭނުންކުރާކަމުގެ ހެކި

TTH_Ads
STO_Ads
Advertisement

ޣައްޒާއާ ދެކޮޅަށް ޒަޔަނިސްޓު އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި، އިސްރާއީލުން މުޅިން އައު ބާވަތްތަކުގެ ހަތިޔާރުގެ އަޖުމަބެލުމަށް ނުވަތަ އެކްސްޕެރިމެންޓް ކުރުމަށް ޣައްޒާގައި ބޭނުން ކުރަމުންދާ ކަމަށް، ޣައްޒާގެ ހެލްތު އޮފިޝަލުން ވިދާޅުވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން، ޣައްޒާގައި މާބަނޑުވެ ވިހޭ ގިނަކުދިން އުފަންވެފައިވަނީ އާދަޔާ ޚިލާފް އުނި ސިފަތަކާ އެކުގައެވެ.

ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލް ބައުޝް ވިދާޅުވީ، އިސްރާއީލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، އާދަޔާ ޚިލާފް އުނިކަން ހުންނަކުދިން އުފަންވާލެއް އެތައްގުނަ އިތުރުވެފައިވާ ކަމަށެވެ. މުނީރު ވިދާޅުވީ، އެމެރިކާ ސިފައިން އިރާގަށް އެރިފަހުން އިރާގުގައިވެސް މިގޮތަށް، އާދަޔާ ޚިލާފް އުނިކަން ހުންނަކުދިން އުފަންވުން ގިނަވެގެންދިޔަ ކަމަށެވެ.

އިރާގުގައިވެސް، އުނިކަންތައްތައް ހުންނަ ކުދިން އުފަންވުން ވަރަށް ބޮޑަށް އިތުރު ވެގެންދިޔައީ، އެމެރިކާއިން އިރާގަށް އަޅަމުންދިޔަ ގިނަ ބޮންތަކުގެ ސަބަބުން ވައި ތަޣައްޔަރުވެ އަދި ރޭޑިއޭޝަންގެ ސަބަބުންނެވެ. އިރާގުގައި، އަދަޔާ ޚިލާފް އުނިކަންތައްތައް ހުންނަކުދިން އުފަންވުން ގިނަވާ މައްސަލަ ބޮޑުވެ، އެކަމުގެ އަސްލު ދެނެގަތުމަށާއި، އިރާގުގައި އެމެރިކާ ސިފައިން ބޭނުން ކުރަމުންދާ ހަތިޔާރުގެ ބާވަތްތަކުގެ ބައިނަލްއަގްވާމީ ތަހްގީގެއް ހިންގަން އެތައް ފަރާތަކުން ގޮވާލިއެވެ. އެކަމުގެ ތަހްގީގުތައްވެސް ކުރެވުނެވެ.

HajjCop_ads
Advertisement

އެމެރިކާ ސިފައިންވެސް، އަޖުބަލެމުގެގޮތުން އިރާގުގެ އާންމުންނާ ދެކޮޅަށް އައު އެތައް ހަތިޔާރެއް، އެތައް ބާވަތެއްގެ ބޮން ބޭނުންކުރިކަން އޭރުވެސް ދުނިޔެއިން ދިޔައީ ހާމަކުރަމުންނެވެ.
އިސްރާއީލުން ޣައްޒާއަށް ކެނޑިނޭޅި މިހާރުވެސް އަޅަމުންގެންދަނީ އެމެރިކާއިން ފޯރުކޮށްދޭ އެކި ބަވާތުގެ ބޮންތަކެވެ. އޭގެ ތެރޭގައި ގައިޑެޑް ބޮމާއި، މިސްރާބެއްނެތި ޖެހުނު ތަނެއް ގޮއްވާލާ، ކުރީ ޒަމާނުގެ ބޮންތައްވެސް ހިމެނެއެވެ.

އަދި، ހަނގުރާމަތަކުގައި ބޭނުންކުރުން ބައިނަލްއަގްވާމީ ގޮތުން މަނާކޮށްފައިވާ އެތައް ހަތިޔާރެއްވެސް، އެމެރިކާއިން ދީގެން އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ބޭނުންކުރާކަން، އެކިއެކި ތަހްގީގުތަކުން ހާމަވެފައި ވެއެވެ. އަޖުމަބެލުމަށް ނުވަތަ އެކްސްޕެރިމެންޓްކުރަން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަތިޔާރު ބޭނުންކުރާކަން، ޣައްޒާއިން މިހާރުދަނީ ސާބިތުވަމުންނެވެ.

މީގެ ދެދުވަސްކުރިން ޣައްޒާގައި ވަނީ، ވަރަށް އާދަޔާ ޚިލާފް ކުއްޖަކު އުފަންވެފައެވެ. “މަލާކް އަހްމަދު އަލް ޤަނޫއާ” އުފަންވެފައިވަނީ ސިކުނޑި ނެތިއެވެ. އެކުއްޖާ އުފަންވެފައިވަނީ، ޣައްޒާގެ އުތުރުގައި ހުންނަ އަލް އައުދާ ހޮސްޕިޓަލުގައެވެ. އެގެކުރިންވެސް، ޣައްޒާގައި އާދަޔާ ޚިލާފް އުނި ސިފަތަކާއެކު އެތައް ކުދީން އުފަންވެފައި ވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

ރޭގައި އެކަނިވެސް ޣައްޒާއިން 6 މީހުން ޝަހީދުކޮށްލައިފި، ޣައްޒާގައި ޖަރީމާތަކެއް ހިންގާކަމަށް ހުޅަނގު ގަބޫލެއް ނުކުރޭ

ހަމާސްގެ ވެރިޔަކަށް ޑރ. ޚަލީލް އަލް ޙައްޔާ އިންތިޚާބު ކޮށްފި

އިސްތިއުމާރީ ސިފައިން ޖަނާޒާއަށް ބޮންއެޅުމުން 7 މީހުން ޝަހީދު، 22 މީހުން ޒަޚަމް، ހަމާސްގެ ނުރުހުން