ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ޣައްޒާގެ ކޮންމެ ތުއްތުކުއްޖަކީ އިސްރާއީލުގެ ދުޝްމަނެއް” މޯޝޭ

TTH_Ads
STO_Ads
Advertisement

ޣައްޒާގެ ކޮންމެ ތުއްތުކުއްޖަކީ އިސްރާއީލުގެ ދުޝްމަނެއް ކަމަށާއި، ޣައްޒާގައި އެންމެ ކުއްޖަކުވެސް ހުރެގެން ނުވާނޭ ކަމަށް، ޒަޔަނިސްޓު އިސްރާއީލުގެ ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ މޯޝޭ ފޭލިން ބުނެފިއެވެ.
އޭނާއަކީ އިސްރާއީލު ޕާލަމެންޓު، ކްނެސެޓްގެ ކުރީގެ މެމްބަރެކެވެ.

އިސްރާއީލުގެ ޗެނަލް14 ޓީވީގައި ވާހަކަ ދައްކަމުން މޯޝޭ ބުނީ، ބަނޑުގައި އޮތަސް، ޅަޔަސް، ކުޑަކުއްޖަކަސް، ޣައްޒާގެ ކޮންމެ ކުއްޖަކީ އިސްރާއީލުގެ ދުޝްމަނެއް ކަމަށެވެ.

އޭނާ މިހެން ބުނެފައިވަނީ، ހޮބީއެއްގެގޮތުގައި ކުޑަކުދިން ނުމަރާނެ ކަމަށް، އިސްރާއީލު ޕާލަމެންޓް މެމްބަރެއް ކަމަށްވާ ޔައިރް ގޯލާން ބުނުމާ ގުޅިގެން އޭނާއަށް ރައްދުދެމުންނެވެ.

HajjCop_ads
Advertisement

ޔައިރް ގޯލާންއަކީ އިސްރާއީލުގެ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ލީޑަރެވެ.

އިސްރާއީލުގެ ރަސްމީ ޓީވީ، ކާންއަށް ދިން އިންޓަރވިއުއެއްގައި ޔައިރް ގޯލާން ބުނީ، ވިސްނުންތެރި ބުއްދިވެރި ގައުމަކުން ހޮބީއެއްގެގޮތުގައި ކުޑަކުދިން ނުމަރާނެ ކަމަށާއި، އާންމުންނާ ދެކޮޅަށް ހަނގުރާމައެއް ނުކުރާނެ ކަމަށާއި، ތަނެއްގައި ދިރިއުޅެމުންދާ އާބާދީއެއް އެމީހުންގެ ބިމުން ބޭރުކޮށްނުލާނެ ކަމަށެވެ.

ޔައިރް ބުނީ، އިސްރާއީލުގައި މިހާރު މިއޮތް ސަރުކާރަކީ އެއްވެސް އަޚްލާގެއް ނެތް އަދި ކާރިޘާއެއްގެ ދަނޑިވަޅެއްގައި ގައުމެއް ހިންގުމުގެ ގާބިލްކަމެއްނެތް، ބަދަލުހިފުމުގެ ރޫހުގައި ޖެހިފައިވާ ސަރުކާރެއް ކަމަށެވެ.

މި ސަރުކާރުގެ އަމަލުތައް ހުރިގޮތުން، އިސްރާއީލުގެ ދެމިއޮތުމަށް ނުރައްކާވެފައިވާ ކަމަށްވެސް ޔައިރް ގޯލާން ބުނެފައި ވެއެވެ.

ޔައިރް ގޯލާންއަށް ރައްދު ދެމުން މޯޝޭ ފޭލިން ބުނީ، ޣައްޒާގެ ކޮންމެ ތުއްތު ކުއްޖަކީ އިސްރާއީލުގެ ދުޝްމަނެއް ކަމަށެވެ. އިސްރާއީލުން ޣައްޒާ “ފަތަހަކޮށް” އެތަނުގައި ވަޒަންވެރިވާންޖެހޭ ކަމަށެވެ. އަދި ޣައްޒާގެ އެންމެ ކުއްޖަކުވެސް ޣައްޒާގައި ހުރެގެން ނުވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޣައްޒާއިން ހުރިހާ ކުޑަކުދިން ބޭރުކޮށް، ޣައްޒާ ހުސްކޮށްލައިގެންނޫނީ، ޣައްޒާގެ މައްޗަށް ކާމިޔާބު ހޯދޭނެ އެހެން ގޮތެއް ނެތްކަމަށްވެސް މޯޝޭ ބުނެފައި ވެއެވެ.

ޒަޔަނިސްޓު އިސްރާއީލުން ޣައްޒާއަށް ދެމުންގންދާ ހަމަލާތައް އިތުރަށް ފުޅާކޮށްފައި ވާއިރު، މިހާރު މުޅިންވެސް ހަމަލާދެނީ ކުޑަކުދިންނާއި، އަންހެނުންނަށެވެ.

ކުޑަކުދިންނާއެކު އާއިލާތައް ގޭގައި ނުވަތަ ޓެންޓުތަކުގައި ނިދަން ތިބޭ ވަގުތާ ދިމާކޮށް މިސައިލުން ހަމަލާ ދީގެންނާއި، ބޮންއަޅައިގެން ގެންދަނީ އާއިލާތައް އެކުގައި ނައްތާލަމުންނެވެ.

އިސްރާއީލު ސިފައިންގެ މިހާރުގެ މިޝަންއަކީވެސް ކުޑަކުދިން މެރުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ، ޣައްޒާގެ މާދަމާގެ މުސްތަގްބަލް ކަމުގައިވާ ކުޑަކުދިން ނައްތާލުމެވެ. މާބަނޑު މީހުންނާއި، އަންހެނުން މަރަނީ ދަރިން ވިހެއުމަށް ހުރަސްއެޅުމުގެ ގޮތުންނެވެ.

ޒަޔަނިސްޓު އިސްރާއީލުން ޣައްޒާގައި މިހާރު ފަށައިގެންއުޅޭ އުދުވާނުގެ މައިގަނޑު މަގްސަދަކީ، ޣައްޒާގެ އެންމެން މަރައި ނުވަތަ ވަޒަނުން ބޭރުކޮށް، ޣައްޒާގެ މައްޗަށް ވެރިވެގަތުމެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި