ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

Big C9T3CKlQgbjnTSq5kPakTOIEG
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޕާކިސްތާނުގައި ބޭއްވި “އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026” ގައި ބައިވެރިވެ ރަން މެޑެލް ޙާސިލުކުރި އެމްއެންޑީއެފްގެ ޓީމަށް ޤައުމީ ދިފާޢީ ބާރުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މިމުބާރާތުގައި ބައިވެރިވި ޓީމު ރާއްޖެއަށް އައިސްފައިވަނީ މިއަދު ހެނދުނު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ޕާކިސްތާނުގައި ބޭއްވި 9 ވަނަ “އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026″ގައި ބައިވެރިވި ދިވެހި އަސްކަރިއްޔާގެ ޓީމުވަނީ، 16 ޤައުމެއްގެ 24 ޓީމަކާއި ވާދަކޮށް، މުބާރާތުން ރަން މެޑަލް ޙާސިލްކޮށްފައެވެ. އެޓީމުން ހޯދި ޝަރަފުވެރި ކާމިޔާބީ ފާހަގަކޮށް، ޓީމު ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެ އައުމުން ޤައުމީ ދިފާޢީ ބާރުންވަނީ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

HajjCop_ads
Advertisement

އެ ޓީމު އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ޓީމަށް މަރުހަބާ ދެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ރަޝީދެވެ. އަދި ޓީމް ހެޑް ކުއޯޓަރޒަށް ދިޔުމުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ސިފައިން ހޯދި ކާމިޔާބީ ފާހަގަކުރައްވާ ހިތްވަރު ދެއްވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، ސިފައިން ހޯދި ކާމިޔާބީއިން ދައްކުވައިދިނީ އަޅުގަނޑުމެންގެ އަތުގައި އެންމެ ޒަމާނީ ވަޞީލަތްތައް ނެތްނަމަވެސް ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދުނިޔޭގެ ކޮންމެ ބަޔަކާވެސް ވާދަކުރެވޭ ވަރުގެ ހިތްވަރާއި، ޢަޒުމާއި، ފެންވަރާއި، ބުންވަރު ހުރި ބައެއް ކަމަށެވެ. އަދި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ސިފައިންގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތާއި، ޢުމްރާނީގޮތުން ސިފައިންގެ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިމަހުގެ 5 އިން 7 އަށް ޕާކިސްތާނުގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބިގައި ކުރިއަށް ގެންދިޔަ މިމުބާރާތަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި، އެކިއެކި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

މާލެ ސްކޭޓް ޕާކު ސަރަހައްދު ތޮށިގަނޑު ގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް އައިޖީއެމްއެޗަށް ގެންގޮސްފި

B 202609101032351789061555.5756

ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިއްޖެ

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

MNDF

“ފްރެންޑް 4” ދޯނިން ގެއްލުނު މީހުން ހޯދަން މާދަމާ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމަނީ