ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރިފްއަތު އައްޔަން ކުރަން މަޖިލީހަށް

majilis
STO_Ads

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މ. މާވަށު، ކިނާރާ، ރިފްއަތު އަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައިދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތި ނިއުޝާއެވެ.

އެ ސީޓީފުޅު އިއްވެވުމުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާންކުރެއްވިއެވެ.

Maldivian_Ads

އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހުން ރުހުންދޭން ފެނޭތޯ ބަލަން ވޯޓު ނަގާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރިފްއަތާ އިންޓަވިއުކޮށް، މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election commission

އިލެކްޝަންސް ކޮމިޝަންގެ އިލްތިމާސް: ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނިކުމޭ!

election

ލޯކަލް ކައުންސިލު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް

election

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދާމާ

election

އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 6093 މީހުންނަށް