ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތި އެތެރެކުރި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

Large 1770387099225Uw0 1140x570
TTH_Ads
STO_Ads
Advertisement

މާޓުކުރިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން 65 އަހަރުގެ ދިވެއްސަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އައީ އައްޑޫ ސިޓީ ހިތަދޫ، ވެހެތާނުގެ އަބްދުﷲ ޞާދިގުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ޞާދިގު ރާއްޖެ އައީ 17 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ރޭގަނޑު 19:14 ހާއިރު ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހުއްޓުވައި، އޭނާގެ ލަގެޖް ފޮށިތައް އެކްސްރޭ ކުރުމުގެ ތެރޭގައި ފޮށްޓެއްގައި ހުރި މާޓުކުރިތަކެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަން ކަސްޓަމްސް އަށް ވަނީ ފާހަގަކުރެވިފައެވެ.

އެ ފޮށިން ފެނުނު މާޓުކުރިތަކުގެ ތެރޭގައި ތަފާތު ބަރުދަނުގެ ޑައިމޯފިން ހިމެނޭ ޕެކޭޖުތައް ހުއްޓެވެ. އޭގެ ތެރޭގައި 169.5 ގުރާމާއި، 35 ގުރާމާއި، އަދި 68.5 ގުރާމުގެ ޕެކޭޖުތައް ހިމެނޭ ކަމަށް ކޯޓު ހުކުމުގައި ބަޔާންކޮށްފައިވެއެވެ. މި ހޯދުންތަކާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާއެވެ.

HajjCop_ads
Advertisement

ޝަރީއަތުގެ މަރުހަލާގައި ޞާދިގު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އެއީ މީހަކު އޭނާއާ ހަވާލުކުރި މާޓުކުރިތަކެއް ކަމަށާއި، އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށެވެ. ނަމަވެސް، ކަސްޓަމްސްގެ އޮފިސަރުން ދިން ހެކިބަހުގައި ބުނެފައިވަނީ، މަސްތުވާތަކެތި ފެނުމުން އެކަމާ ސުވާލުކުރުމުން ޞާދިގު ދެއްކީ ތަފާތު ވާހަކަތަކެއް ކަމަށެވެ. ފުރަތަމަ އެއީ ހޮޓަލެއްގެ ސާފުކުރާ މީހަކު ދިން އެއްޗެއް ކަމަށް ބުނުމަށްފަހު، ފަހުން އެއީ ދައްތައަކު ދިން އެއްޗެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް ހެކިބަހުގައިވެއެވެ.

މި މައްސަލައިގައި ޝަރީއަތުން ނިންމާފައިވަނީ، މަސްތުވާތަކެއްޗާ ގުޅޭގޮތުން ސުވާލުކުރުމުން ޞާދިގު ޖަވާބު ދީފައިވަނީ އިތުބާރު ނުހިފޭ ގޮތަށް ތަފާތު ގޮތްގޮތަށް ކަމަށެވެ. އަދި މައްސަލަ ހިނގައިދިޔަ ގޮތަށް ބަލާއިރު އޭނާ ދޮގު ހަދައި އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާތީ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ޞާދިގު 25 އަހަރަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މުއްދަތުގައި އޭނާ ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން، ދެން އޭނާ ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި ހަތް މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި، އެތެރެކުރާ ތަކެތީގެ ބަރުދަނަށް ބަލައި މަރުގެ އަދަބުވެސް ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

ބޭނުންވާ ބޭސްތަކުގެ މިންވަރު ދުރާލާ އަންދާޒާކުރެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ ނިސްބަތް ދަށްކުރެވޭނެ: ޝާހު

88887

މާލޭގެ އުސް އިމާރާތްތަކުގެ ފެނުގެ ޕްރެޝަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފި

police

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ހަލާކުވި މައްސަލައިގައި ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

HOY2rwrbcAAmdIQ

ފެނަކައިގެ އިސްވެރިންތަކަކަށް ފިޔަވަޅުއަޅަން އަންގައިފި