ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންފްލޭޝަން ދަށަށް، ޑިސެންބަރު މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.4 އިންސައްތައިގައި

MMA
STO_Ads
TTH_Ads
Advertisement

ޑިސެންބަރު މަހު ރާއްޖޭގެ އިންފުލޭޝާން ނުވަތަ މުދަލާއި ހިދުމަތުގެ އަގު ނޮވެންބަރު މަހާ އަޅާބަލާއިރު އެއް އިންސައްތައިން ދަށަށް ދިޔަކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޑިސެންބަރު މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.4 އިންސައްތައިގައެވެ. ނޮވެންބަރު މަހުގައި އިންފްލޭޝަން ހުރީ 1.4 އިންސައްތައިގައެވެ. އެހެންކަމުން މަހުން މަހަށް އިންފުލޭޝަންވަނީ އެއް ޕަސެންޓު ދަށްވެފައެވެ.

ދަތުރުފަތުރާއި ގެދޮރުވެރިަކމާއި ފެނާއި ކަރަަންޓާއި ގޭހާއި އެނޫންވެސް ތެލުގެ ބާވަތްތަކުގެ އިންފުލޭޝަން ފާއިތުވި ޑިސެންބަރު މަހު ދަށްވިއެވެ. އެގޮތުން ދަތުރުފަތުރުގެ އިންފްލޭޝަން 1.6 އިންސައްތަ ދަށްވިއިރު، ގެދޮރާއި ފެނާއި ކަރަންޓާއި ގޭހާއި އެނޫން ތެލުގެ ބާވަތްތަކުގެ އިންފްލޭޝަން 3.1 އިންސައްތަ ދަށްވެފައިވެއެވެ.

HajjCop_ads
Advertisement

މައުލޫމާތާއި މުވާސަލާތުގެ ދާއިރާ 0.6 އިންސައްތަ ދަށްވިއިރު އެންމެ ބޮޑަށް މަތިވީ ރެސްޓޯރެންޓުތަކާއި އެކޮމަޑޭޝަން ހިދުމަތްތަކުގެ އަގެވެ. އެގޮތުން ރެސްޓޯރެންޓުތަކާއި އެކޮމަޑޭޝަން ހިދުމަތްތަކުގެ އަގުވަނީ 5.0 އިންސައްތަ މަތިވެފައެވެ.

މި ހިސާބުތަކަށް ބަލާއިރު ޑިސެންބަރު މަހަކީ 2025 ވަނަ އަހަރު އެންމެ އިންފުލޭޝަން ދަށްވި މަހެވެ. އެންމެ ބޮޑަށް އިންފުލޭޝަން މަތިވީ އޭޕްރީލު މަހުއެވެ. އެ މަހުގައި 5.9 އިންސައްތައަށް އިންފުލޭޝަން އެރިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ރާއްޖެއިން ބޭރުގައި ދިވެހީން ކުރާ ހަރަދު ދެނެގަތުމަށް އެމްއެމްއޭ އިން ހާއްސަ ސާވޭއެއް ފަށައިފި

airport velana

ރާއްޖޭން ބޭރުގައި ދިވެހިން ކުރާ ހޭދައާގުޅޭ ދިރާސާއެއް ހަދަނީ

mma

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސަރވޭ މި މަހު 25 ގައި 16 ޖުލައި 2026

MMA

ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވް 600 މިލިޔަން ޑޮލަރަށް