ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި އެކަމުގައި ޝާމިލުވާ ވިއުގައް ރޫޅައިލުމަށް ފުލުހުންގެ ހިދުމަތުން ފަށައިގެން ކުރިއަށްގެންދާ “އަލިމަގު” އޮޕަރޭޝަނުގެ ތެރެއިން ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، އެއްލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންވަނީ މި މައްސަލާގައި ހައްޔަރުކޮށްފަައިވާ މީހާގެ ވަނަވަރު އާއްމުކޮށްފައެވެ. އެ ހިދުމަތުން ބުނެފައިވާ ގޮތުން 21 އަހަރުގެ، އަލީ މުފާވިޒު، ހަފުލާ، ލ.ހިތަދޫ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ގޭންގް ސަޕްރެޝަން ޔުނިޓަށް ލިބުނު މައުލޫމާތު ގުޅިގެން އެ ހިދުމަތުގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓާއެކު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.

އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެެތީގެ ވިޔަފާރިކޮށް ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.

HajjCop_ads
Advertisement

މުފާވިޒު ހައްޔަރުކުރުމާއެކު މާލޭގައި އޭނާ ދިރިއުޅޭ އެޕާޓުމެންޓު ފުލުހުންގެ ހިދުމަތުންވަނީ ބަލައިފާސްކޮށްފައެވެ. އެ އެޕާޓުމެންޓުން 614 ގްރާމުގެ މަސްތުވާތަކެތި ކަމުގައި ބެލެވޭ ތަކެތިވަނީ ފެނިފައެވެ. އަދި 125،000 އަށްވުރެ ގިނަ ރުފިޔާވެސް އެ އެޕާޓުމެންޓުންވަނީ ހޯދާފައެވެ.

އެ މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުންވަނީ ފަސް ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފާއިތުވި ހަފުތާގެ ހޯމަދުވަހުވެސް ފުލުހުންވަނީ “އަލިމަގު” އޮޕަރޭޝަނުގެ ތެރެއިން ސިފައިންގެ ފުލެޓެއްގެ ތެރެއިން ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފައެވެ.

ފުލުހުން ކުރިއަށްގެންދާ “އަލިމަގު” އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ މީހުން ދެނެގަނެ، އެ ވިޔަފާރީގައި ޝާމިލުވެގެން އުޅޭ ވިއުގަތައް ރޫޅައިލުމަށް ދިގުރާސްތާއަށް ޕްލޭންކޮށްގެން ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަނެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ސްޓެލްކޯ ބަސް ސްޓޮޕްގައި ހުރި ޓީވީއެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

police

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

988

60،000 އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި