ވިލިމާލޭގައި ކަރަންޓުގެ ހިދުމަތް ފުޅާ ކުރަން މަޝްވަރާކޮށްފިއެވެ.

‏ސްޓެލްކޯއިން ވިދާޅުވީ އެ ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ކުންފުނީގެ ބައެއް އިސްވެރިން، ކ. ވިލިމާލެއަށް ޒިޔާރަތްކުރައްވައި، އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ ގޮތް ބައްލަވާލައްވައި، ރަށުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ވިލިމާލެއަށް އަންނަމުންދާ ތަރައްގީއާއެކު ކަރަންޓަށް އޮތް ޑިމާންޑް ބޮޑުވަމުންދާނެތީ، ހިދުމަތް އިތުރަށް ފުޅާކުރުމާއި އަދި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ސްޓެލްކޯއިން ވިދާޅުވިގޮތުގައި ސަރުކާރުގެ ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ވިލިމާލޭ މުހްޔިއްދީން ސްކޫލްގައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްވެސް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއި އިސްވެރިން ބައްލަވާލައްވާފައި ވެއެވެ.