ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ކުރު އުމްރާ” ޕެކޭޖެއް ހައްޖު ކޯޕްރޭޝަނުން ތައާރަފްކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ހައްޖު މޫސުން ފިޔަވައި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާ ކުރެވޭނެ “ކުރު އުމްރާ” ޕެކޭޖެއް ހައްޖު ކޯޕްރޭޝަނުން ތައާރަފު ކޮށްފިއެވެ.

އެ ކޯޕްރޭޝަނުން މިއަދު ބުނީ އެއީ އަހަރުގެ ތެރޭގައި ލިބޭ ކުރު ޗުއްޓީއެއް ނުވަތަ އެނޫން ވެސް ދުވަސްވަރެއްގައި އާއިލާއާ އެކީ ނުވަތަ ރަހުމަތްތެރިންނާ އެކީ ނުވަތަ އެކަނި އުމްރާ ކުރުމަށް ފަސޭހަ އިންތިޒާމުތަކާ އެކު ހައްޖު ކޯޕަރޭޝަނުން ތައާރަފު ކުރި ޕެކޭޖެއް ކަމަށެވެ.

“އުމްރާ ދަތުރުގައި އެމީހަކު އިހުތިޔާރު ކުރާ ކަމަކަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ. އެގޮތުން ޒިޔާރަތް ދަތުރުތަކާއި އެހެނިހެން ދަތުރުތައް ކުރަން ބޭނުންނަމަ އެކަމަކަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ. އުމްރާޔަށް ދާން ގަސްތުކުރާ ހިސާބުން ފެށިގެން ދަތުރުގެ ފެށުމާ ހަމަޔަށް ހުރިހާ އިރުޝާދެއް އަޅުގަނޑުމެން ދޭނަން،” ހައްޖު ކޯޕްރޭޝަން

HajjCop_ads
Advertisement

މި ޕެކޭޖުގައި އުމްރާ ކުރުމުގައި ދަތުރުކުރާނެ ދުވަސް އިހުތިޔާރު ކުރާނީ އެފަރާތެއް އަމިއްލައަށެވެ. ހައްޖު ކޯޕަރޭޝަނުން އުމްރާ ދަތުރުތައް ކުރާ ދުވަސްވަރާ ދިމާވާކަށް ނުޖެހެއެވެ.

މި ޕެކޭޖުގައި އުމްރާއަށް ފުރާނެ ދުވަހާއި އެނބުރި އަންނަން ބޭނުންވާ ދުވަހާއި ބޭނުންވާ ފުލައިޓަކާއި ހުންނަން ބޭނުންވާ ހޮޓަލާއި ސައުދީގައި ދަތުރު ކުރާނެ އުޅަނދާއި ޒިޔާރަތްކުރަން ބޭނުންވާ ތަންތަން އިހުތިޔާރު ކުރާނީ އުމްރާ ކުރާ ފަރާތެވެ.

މިއީ ވިޔަފާރި ދަތުރުތައް ކުރާ ފަރާތްތަކަށް ގުޅައިގެން އުމްރާ ދަތުރުތައް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް ހާއްސަ ޕެކޭޖެއް ހިމެނޭ އުމްރާ ދަތުރެއް ކަމަށް އެކޯޕްރޭޝަނުން ބުނެއެވެ.

އުމްރާގެ އަޅުކަމަށްފަހު ދުބާއީ ފަދަ ގައުމަކަށް ވިޔަފާރި ކޮށްލަން ދާން ވިސާ ވެސް މި ޕެކޭޖުގެ ދަށުން ހަމަޖައްސައިދެއެވެ. އުމްރާކުރާ ފަރާތުގެ ފުދުންތެރިކަމާއި ނުވަތަ ބަޖެޓާ އެކަށީގެންވާ ރޭޓެއްގެ އުޅަނދުތަކެއްގައި ސައުދިއަރަބިއްޔާގައި ދަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ހައްޖު ކޯޕްރޭޝަނުން ބުންޏެވެ.

“އެގޮތުން ދަތުރުކުރަން ބޭނުންވަނީ ކޮންކަހަލަ އުޅަނދެއްގައިކަމާއި އުޅަނދުގެ ފެންވަރުވެސް ކަނޑައެޅޭނެ. އެކަނި އުމްރާ ކުރަން ބޭނުންވާ ފަރާތްތަކަށާއި އާއިލާގެ މެންބަރުން އެކުގައި އުމްރާ ކުރަން ބޭނުންވާ ފަރާތްތަކަށާއި ވަކި ގުރޫޕެއްގެ ގޮތުގައި އުމްރާ ކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ގޮތްގޮތަށް ދަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ،” ހައްޖު ކޯޕްރޭޝަން

އެންމެ ބަލައިލަން ބޭނުންވާ ނުވަތަ އެތަނަކަށް ޒިޔާރަތްކޮށްލަން ބޭނުންވާ ހާއްސަ ތަނެއް ވާނަމަ އެފަދަ ތަނަކަށް އެމީހަކަށް އެންމެ ފަސޭހަ ގަޑިތަކެއްގައި ހަމަޖައްސައިދޭނެ ކަމަށާއި ގުރޫޕުތަކާ ނުގުޅި، އެމީހަކު ބޭނުން ގަޑިއެއްގައި ފަސޭހަ ގޮތަކަށް އުމްރާގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އެ ކޯޕްރޭޝަނުން ބުންޏެވެ.

އެގޮތުން ޒިޔާރަތްކުރަން ބޭނުންވާ ތަންތަނަށް އެކަނި ދިޔުމާއި އުމްރާ ކުރަން ބޭނުން ގަޑިތަކުގައި އުމްރާ ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދޭނެއެވެ.

އަދި އޮޅުން ފިލުވަންބޭނުންވާ ކަންކަން އޮޅުންފިލުވައިދީ، ދަތުރާ ގުޅޭ ފަންނީ ތަޖުރިބާޔާ އެހީތެރިކަމާ ލަފާ ދޭނެ ކަމަށްވެސް އެ ކޯޕްޕްރޭޝަނުން ބުންޏެވެ.

މި ޕެކޭޖާ ގުޅޭ އިތުރު މައުލޫމާތު ހައްޖުކޯޕްރޭޝަންގެ 1435 އަދި 7961012 ގުޅާލުމުން ލިބޭނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައި

Nimaal

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީ މުސާރައިގެ އިތުރަށް ދެ މުސާރަ ނަގާފައިވާ ކަމަށް އޮޑިޓުން ދައްކައިފި

Nimaal

ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތުން ހަރުދަނާ ޝަޚުސިއްޔަތެއް ބިނާވެގެންދޭ: ވަޒީރު ހީނާ

WhatsApp Image 2026 10 07 at 20.10.25

ފުނަދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި