ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށްފިއެވެ.

މި ކަމާގުޅިގެން ސްޓެލްކޯއިން ވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

ސްޓެލްކޯއިން ވިދާޅުވީ އެ ކުންފުނިން ކުރިއަށްގެންދިޔަ ހާއްސަ މި މަސައްކަތުގައި ބައިވެރިވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މި ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޑރ. އަލީ އަޒްވަރު ވަނީ އެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފައި ކަމަށެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ޑީއެމްޑީ ވަނީ އެ މުވައްޒަފުންގެ މަސައްކަތަށް ޝުކުރުއަދާކުރައްވައި ހިތްވަރު ދެއްވާފަފައެވެ.

މި ބައްދުވުމުގައި ސްޓެލްކޯގެ ޑީއެމްޑީގެ އިތުރުން އެ ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.