ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިތުރު އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރު، މިހާތަނަށް 12 އަތޮޅަށް ވަނީ ފަށާފައި

RTL
RTL
STO_Ads
TTH_Ads
Advertisement

އިތުރު އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގައި ދެނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި ޚިދުމަތް މިހާތަނަށް 4 ޒޯނެއްގައި ވަނީ ފަށާފައެވެ.

ޚިދުމަތް ނުފަށާ އޮތީ، ޒޯން 4 އަދި ޒޯން 3ގައެވެ. ޒޯން 4ގައި ހިމެނެނީ، މ، ފ، ދ އަދި ލ.އަތޮޅުއެވެ. ޒޯން 3ގައި ހިމެނެނީ ކ، އއ، އދ އަދި ވ.އަތޮޅެވެ.

HajjCop_ads
MMA_Ads
Advertisement

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަންނަ މަހު އިތުރު އަތޮޅެއްގައި ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ޚިދުމަތް ފަށާ އަތޮޅުތަކާއި އޭގެ އުސޫލުތައް ކަނޑައަޅަނީ ވުޒާރާއިންނެވެ. ދެން އެންމެ އަވަހަށް ޚިދުމަތް ފަށާނެ އަތޮޅުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ފެރީގެ ޚިދުމަތް ދެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެމްޓީސީސީން ވިދާޅުވީ، ބާކީ ހުރި އަތޮޅުތަކަށް ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ފެރީތައް ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށްދާއިރު، މަސައްކަތް ނިމެމުންދާ ވަރަކުން އަތޮޅުތަކަށް ދަތުރުތައް ފަށާނެ ކަމަށެވެ.

އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފެށީ، ތ.އަތޮޅުގައެވެ. މިހާތަނަށް ޖުމުލަ 12 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.

އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ އޮކްޓޯބަރު މަހު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ މާރިޗު މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މި ޚިދުމަތަކީ، ހައި ސްޕީޑް ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް ފަށާފައިވާ މަސައްކަތެކެވެ. މިއީ، އަގުހެޔޮ އަދި ރައްޔިތުންނަށް ބަރޯސާވެވޭ ޚިދުމަތެކެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

H6txovzbmjojwefnjhdb

ބޮޑުތަކުރުފާނު މަގުގެ ބަންދުކޮށްފައިވާ ސަރަހައްދަށް ފެރީ ލެފޭނެ އިންތިޒާމު ހަމަޖައްސައިފި

Sstv FORM FOR EC

ބޮޑުތަކުރުފާނު މަގުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

އުކުޅަސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފި

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ