ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުރުކީއާއި ގަތަރުގެ ސިފައިންނަކަށް ޣައްޒާއަކަށް ނޭރޭނެ: ނަތަންޔާހޫ

ނަތަންޔާހޫ:
STO_Ads
TTH_Ads
Advertisement

އެމެރިކާއިން ޣައްޒާއަށް ފޮނުވާ ބައިނަލްއަގްވާމީ ސިފައިންގެ ފައުޖުގައި ތުރުކީ އަދި ގަތަރުގެ ސިފައިން ނުހިމެނޭނޭ ކަމަށް، އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުގެ ޕާލަމެންޓްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، ތުރުކީ އަދި ގަތަރުގެ ސިފައިންނަށް ޣައްޒާއަކަށް ނޭރޭނެ ކަމަށެވެ. އެ ފުރުސަތު ނުދެނޭ ކަމަށެވެ.

އިސްރާއީލުން ކުރިންވެސް ބުނަމުން ގޮސްފައިވަނީ، ޣައްޒާއަށް ފޮނުވާ ބައިނަލްއަގްވާމީ ސިފައިންގެ ފައުޖުގައި ހިމެނޭނީ އިސްރާއީލުން ހުއްދަދޭ ގައުމުތަކުގެ ސިފައިން ކަމަށެވެ. އެކަން ނިންމުމުގެ ބާރު އެމެރިކާއަށް ނޯންނާނެ ކަމަށްވެސް ބުނަމުން ގޮސްފައި ވެއެވެ.

MMA_Ads
HajjCop_ads
Advertisement

އެމެރިކާއިން މަސައްކަތް ކުރަމުން ގެންދަނީ، އެމެރިކާއާ ގާތްކަން އޮންނަ، އެމެރިކާއަށް ބޮޑެތި  ކަންކަމުގައި އެހީތެރިވާ އަދި ޣައްޒާއަށް ފޮނުވާ ފައުޖަށް އަމިއްލައަށް ޚަރަދުކުރަން އެއްބަސްވާ ގައުމުތަކުގެ ސިފައިން ފައުޖުގައި ހިމެނުމަށެވެ.

ނަތަންޔާހޫ ބުނީ، ޣައްޒާގެ ބިމުގެ 52 އިންސައްތަ މިހާރު ކޮންޓްރޯލް ކުރަނީ އިސްރާއީލު ސިފައިން ކަމަށާއި، އިސްރާއީލު ސިފައިން ތިބީ ފުރިހަމަ ބާރުގައި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭންގެ ދެވަނަ ފިޔަވައްސަކަށް ވާންވާނީ، ހަމާސް ރޫޅާލައި އަދި ޣައްޒާއަކީ ހަތިޔާރު ނެތްތަނަކަށް ހެދުން ކަމަށް އޭނާ އަޑަށް ބާރުލާފައި ބުނެފައި ވެއެވެ.

އިސްރާއީލުން މަސައްކަތް ކުރަނީ އެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކަމަށާއި، އިސްރާއީލުން އެކަން ކުރާނޭ ކަމަށް ނަތަންޔާހޫ ވައުދުވެފައި ވެއެވެ. ހަމާސް ރޫޅާލައި އަދި ޣައްޒާއަކީ ހަތިޔާރު ނެތް ތަނަކަށް ހެދުން ފަސޭހަ ގޮތަކަށް ނުކުރެވޭނަމަ އެކަން ކުރާނީ ގަދަބާރުން ކަމަށްވެސް މުޖުރިމު އިންޒާރު ކޮށްފައި ވެއެވެ.

އަނެއްކޮޅުން، މިނިވަން މުސްތަގިއްލު ކޮމިޓީއަކާ ޣައްޒާގެ ވެރިކަން ހިންގުން ހަވާލުކުރުމަކީވެސް ޓްރަމްޕްގެ ޕްލޭންގައި ހިމެނޭ ކަމެކެވެ.

ނަމަވެސް، އެމެރިކާއިން އިހަށްދުވަހު ކޮމިޓީ އިއުލާން ކުރުމުން އިސްރާއީލުންވަނީ އެ ކޮމިޓީއަށް ނޫނެކޭ ބުނެފައެވެ. އަދި ހަމަ އެއާއެކު، އިސްރާއީލުން ހަތިޔާރާއި ވާގިދީގެން ޣައްޒާ ތެރޭގައި ހަރަކާތްތެރިވާ ގްރޫޕްތަކުންވެސް ބުނެފައިވަނީ، ޣައްޒާގެ ވެރިކަން ހަވާލުކުރަން ހަމަޖެއްސި ޓީމަށް އެއްބާރުލުން ނުދޭނޭ ކަމަށެވެ.

ނަތަންޔާހޫ ބުނީ، އެމެރިކާއިން އެކުލަވާލި އެގްޒެކެޓިވް ބޯޑާމެދު ހުރި ހިތްހަމަނުޖެހުންތައް އިސްރާއީލުން އެކުވެރި އެމެރިކާއަށް ހުށަހަޅާފައިވާނޭ ކަމަށެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ހިޒްބުﷲއިން އިސްތިއުމާރީ ސިފައިންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން “އެއްބަސްވުމޭ” ގޮވަން ފަށައިފި