ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގެ ހިމާޔަތަށް އަސްކަރީ މަނަވަރު ފޮނުވި ތިންވަނަ ގައުމަކަށް ތުރުކީ

ތުރުކީން ފޮނުވި ކަނޑުގެ ސިފައިންގެ މަނަވަރު “ގްލޯބަލް ސުމުދް ފްލޮޓިލާ” ކައިރީގައި:
TTH_Ads
STO_Ads
Advertisement

ޣައްޒާގެ ހިސާރު ފޫއަޅުވާލަންދާ “ގްލޯބަލް ސުމުދް ފްލޮޓިލާ” ގެ ހިމާޔަތަށް އަސްކަރީ މަނަވަރު ފޮނުވި ތިންވަނަ ގައުމަކަށް ތުރުކީ ވެއްޖެއެވެ.

ގާފިލާއަށް ހިމާޔަތް ދިނުމަށް ތުރުކީން ފޮނުވި ކަނޑުގެ ސިފައިންގެ މަނަވަރު މިހާރު އެ ގާފިލާ ފެންނަ ހިސާބުން ދަތުރުކުރަމުންދާ ކަމަށް، ގާފިލާއިން ކަށަވަރު ކޮށްދީފައި ވެއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާގައި ހިމެނޭ ބޯޓުތަކަށް އިސްރާއީލުން ޑްރޯން ފޮނުވައި ހަމަލާތައް ދޭން ފެށުމާއި، ޖެޓުތައް ފޮނުވައި ބިރު ދައްކަން ފެށުމުން، އެ ގާފިލާގެ ހިމާޔަތަށް އެންމެ ފުރަތަމަ މަނަވަރުތައް ފޮނުވީ އިޓަލީއާއި ސްޕެއިނުންނެވެ.

HajjCop_ads
Advertisement

ޚަބަރުތައް ބުނާގޮތުން، ގާފިލާގެ ހިމާޔަތަށް އަންނަ ގްރީސްގެ މަނަވަރެއްވެސް ވަރަށް އަވަހަށް ގާފިލާއާ ގުޅޭނެއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ”  ގާފިލާގައި މިހާރު 50 އަށްވުރެ ގިނަ ބޯޓު ދަތުރުކުރަމުންދާއިރު، ކުރިއަށްއޮތް ތިންދުވަސް ތެރޭ އެ ގާފިލާ ޣައްޒާއާ ހަމައަށް ފޯރާނެއެވެ.

އެހެންމަވެސް، އޭގެކުރިން އިސްރާއީލުން ގާފިލާއަށް ހަމަލާ ދޭނޭ ކަމަށް ގަބޫލުކުރެވިފައި ވެއެވެ. އެއީ، މީގެކުރިންވެސް ޣައްޒާގެ ހިސާރު ފޫއަޅުވާލަން އައި ހުރިހާ ބޯޓަކަށް އިސްރާއީލުގެ ޓެރަރިސްޓުން ސިފައިން ހަމަލާދޭ އެންމެ ނާޒުކު ސަރަހައްދާ “ގްލޯބަލް ސުމުދް ފްލޮޓިލާ” މިހާރު ގާތްވަމުން އަންނާތީއެވެ.

އިސްތިއުމާރީ އިސްރާއީލުން “ގްލޯބަލް ސުމުދް ފްލޮޓިލާ” އަށް އެތައް ދޮގު ތުހުމަތުތަކެއްކޮށް، އެ ގާފިލާ އަންނަ މަގްސަދު އޮޅުވާލަން އެތައް ކަމެއް ކުރަމުން އެބަގެންދެއެވެ. އަދި ބުނަމުންގެންދަނީ އެއީ، ހަމާސްއިން ސްޕޮންސަރކޮށްގެން ފޮނުވާ “ހަމާސް ފްލޮޓިލާއެއް” ކަމަށެވެ.

މި ތުހުމަތުތަކަށް ރައްދު ދެމުން “ގްލޯބަލް ސުމުދް ފްލޮޓިލާ” އިން ވަނީ، ބޯޓުތަކުގައި ހުރި “ހަތިޔާރު” ދުނިޔެއަށް ހާމަކޮށްފައެވެ. އެގޮތުން، ތުއްތުކުދިންގެ ބުއްދަޅު ކޭސްތައް ވީޑިއޯގެ ޒަރީއާއިން ދައްކައި “މިއީ ހަމާސްއަށް ގެންދާ ތަކެތިތޯ” ސުވާލުކޮށްފައި ވެއެވެ.

އެ ގާފިލާއިން މީގެކުރިންވެސް ބުނެފައިވަނީ، އެމީހުން ޣައްޒާއަށް ގެންދަނީ ކާބޯތަކެއްޗާއި، ބޭހާއި، އިންސާނީ އެހީގެ އެނޫންވެސް ސާމާނު ކަމަށެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ދަތުރުކުރާ މީހުންގެ ތެރޭގައި ދުނިޔޭގެ 44 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި، ސިޔާސީ މީހުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު އެކްޓިވިސްޓުންނާއި، ޑޮކްޓަރުންނާއި، އާޓިސްޓުންނާއި، ގާނޫނީ އެތައް ވަކީލުންވެސް ހިމެނެއެވެ.

ދަތުރު އިންތިޒާމުކުރާ ފަރާތުން ގެންދަނީ، ގާފިލާއާއި، ގާފިލާގައި ހިމެނޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައުމުތަކުގެ ސަރުކާރުތަކަށް އަދިވެސް ޕްރެޝަރ ކުރަމުން ގެންދިއުމަށް އާންމުންނަށް ގޮވާލާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

ރޭގައި އެކަނިވެސް ޣައްޒާއިން 6 މީހުން ޝަހީދުކޮށްލައިފި، ޣައްޒާގައި ޖަރީމާތަކެއް ހިންގާކަމަށް ހުޅަނގު ގަބޫލެއް ނުކުރޭ