ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ހިސާރު ފޫއަޅުވާލަން 54 ބޯޓު ހިމެނޭ ސުމުދް ފްލޮޓިލާގެ ގާފިލާ ތުރުކީން ފުރައިފި

ސުމުދް ފްލޮޓިލާގެ ބައެއް އުޅަމދުތައް ތުރުކީގެ ބަނދަރުގައި:
TTH_Ads
STO_Ads
Advertisement

ގްލޯބަލް ސުމުދް ފްލޮޓިލާގެ 54 ބޯޓެއް ހިމެނޭ ގާފިލާއެއް ޣައްޒާގެ ހިސާރު ފޫއަޅުވާލުމުގެ މަސައްކަތަށް ތުރުކީން މިއަދު ފުރައިފިއެވެ.

މި ގާފިލާގައި ހިމެނޭ 54 ބޯޓުން 500 އެއްހާ ބައިނަލްއަގްވާމީ އެކްޓިވިސްޓުން ދަތުރު ފަށާފައި ވެއެވެ. މިމީހުން ނިސްބަތްވަނީ ދުނިޔޭގެ އެކި ގައުމުތަކަށެވެ.

ސްޕެއިންގެ ބާސޯލާނާއާއި، އިޓަލީގެ ސިސިލީން ފުރައިގެން ގްރީސްގައި މަޑުކުރުމަށްފަހު ސުމުދް ފްލޮޓިލާގެ ބޯޓުތައް މިމަހުގެ 10 ވަނަ ދުވަހު ދެން ބަނދަރު ކޮށްފައިވަނީ ތުރުކީގެ ދެކުނުގެ މަމާރިސް ބަނދަރުގައެވެ.

HajjCop_ads
Advertisement

ތުރުކީގެ މަމާރިސް ބަނދަރުގައި ތިބެ ދަތުރާ ގުޅޭ ގާނޫނީ މަސައްކަތްތަކާއި، ދަތުރަށް ބޭނުންވާ ޓެކްނިކަލް އަދި ލޮޖިސްޓިކް ކަންކަން ފުރިހަމަ ކޮށްފައި ވެއެވެ.

އަދި ދަތުރާ ގުޅޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް ދުނިޔެއަށް ދިނުމުގެ މަސައްކަތްތައްވެސް ތުރުކީގެ ބަނދަރުގައި ތިބެ ކޮށްފައި ވެއެވެ.

ތުރުކީގެ ބަނދަރަށް ތިރީހަކަށް ބޯޓު އައިއިރު، އެ ގާފިލާއާ ގުޅެން އެހެން ގައުމުތަކުން އެތައް ބޯޓެއް އައިސްފައި ތިއްބެވެ. ސުމުދް ފްލޮޓިލާ ތުރުކީން ފުރިއިރު ބޯޓުތަކުގެ ޖުމްލަ އަދަދު 54 އަށް އަރާފައި ވެއެވެ.

ގްލޯބަލް ސުމުދް ފްލޮޓިލާ އަނެއްކާވެސް ޣައްޒާގެ ހިސާރު ފޫއަޅުވާލަން މިފުރީ، އެ ގާފިލާ ތުރުކީން ފުރިޔަނުދީ ހުއްޓުވަން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ތުރުކީގެ ވެރިންގެ ކިބައިން އެދިފައިވާކަމަށް ކުރިން ރިޕޯޓްތައް ފެތުރިފައި ވަނިކޮށެވެ. މާކޯ ރޫބިއޯ އެކަމަށް އެދުނީ އިސްރާއީލުން އެދިގެން ކަމަށްވެސް ރިޕޯޓްތައް ބުނެފައި ވެއެވެ. ނަމަވެސް، ތުރުކީން ސުމުދް ފްލޮޓިލާއަށް ހުރަހެއް ނޭޅިއެވެ.

ގްލޯބަލް ސުމުދް ފްލޮޓިލާއަކީ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާ ހިސާރުކޮށް ވަށައިގެން ބަންދުކޮށް ޣައްޒާގެ އާންމުން ބަނޑަށް މަރަމުންގެންދާ މައްސަލާގައި ހިސާރު ފޫއަޅުވާލައި ޣައްޒާގެ އާންމު ރައްޔިތުންނަށް ކާބޯތަކެއްޗާއި، ބޯފެނާއި، ތުއްތު ކުދިންނަށް ބުއްދަޅާއި، ބޭސްފަދަ ޟަރޫރީ ސާމާނު ހިފައިގެން ދިއުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ސުލްހަވެރި ހަރަކާތެކެވެ.

އިސްތިއުމާރީ ބާރުން ހުރަސްއަޅައި، ބޯޓުތައް ހަލާކުކޮށް އަދި އެކްޓިވިސްޓުން ހައްޔަރު ކުރަމުންދިޔަ ނަމަވެސް، ސުމުދް ފްލޮޓިލާގެ ހަރަކާތްތައް ނުހުއްޓުވެއެވެ.

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އެންމެފަހުން ދަތުރުކުރި ފްލޮޓިލާގައި 69 ބޯޓު ހިމެނުނެވެ. އެ ބޯޓުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ތިންހާހަށްވުރެ ގިނަ މީހުން ދަތުރުކުރިއެވެ.

ނަމަވެސް، ސުމުދް ފްލޮޓިލާ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އިސްތިއުމާރީ ސިފައިންވަނީ ފްލޮޓިލާގައި ހިމެނޭ ބޯޓުތަކަށް އަރައިގަނެ އެކްޓިވިސްޓުން ރަހީނުކޮށްފައެވެ. އެމީހުންގެ އަތުޖެހުނީ 22 ބޯޓެވެ. އެ ބޯޓުތަކުން 180 މީހުން ރަހީނުކުރިއެވެ. އަދި އަތުޖެހުނު ހުރިހާ ބޯޓުތަކެއްވަނީ ފައްތާލާފައެވެ. އެމީހުންގެ އަތުނުޖެހި އެހެން ބޯޓުތައް ގްރީސް ކަނޑުގެ ސަރަހައްދަށް ވަދެ ސަލާމަތް ހޯދީއެވެ.

މިއީ، ސުމުދް ފްލޮޓިލާ މިއަހަރުގެ ތެރޭގައި ޣައްޒާގެ ހިސާރު ފޫއަޅުވާލަން މަސައްކަތްކުރާ ތިންވަނަ ފަހަރެވެ. ސުމުދް ފްލޮޓިލާއަށް އިސްތިއުމާރީ ސިފައިން މިފަހަރުވެސް ހަމަލާދޭނޭ ކަމަށް ބައިވެރިން ވަނީ ތައްޔާރީތައް ވެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ އެކި ރަށްތަކަށް ބޮންއަޅައި މިއަދު އެކަނިވެސް ދެ ކުޑަކުދިން ހިމެނޭހެން 9 މީހުން މަރާލައިފި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި