ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުމުދް ފްލޮޓިލާއިން ރަހީނުކުރި 422 މީހަކު ދޫކޮށްލުމުން ތުރުކީއަށް ގެންގޮސްފި

އިސްރާއީލުން ރަހީނުކުރި އެކްޓިވިސްޓުން އިސްތަމްބޫލް އެއަރޕޯޓަށް ފައިބާ މަންޒަރުގެ ވީޑިއޯ ސްކްރީންޝޮޓެއް:
TTH_Ads
STO_Ads
Advertisement

ޣައްޒާގެ ހިސާރު ފޫއަޅުވާލަން ދަތުރުކުރަނިކޮށް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އިސްތިއުމާރީ ސިފައިން ރަހީނުކުރި ގްލޯބަލް ސުމުދް ފްލޮޓިލާގެ ބައިވެރިން ތުރުކީއަށް ގެންގޮސްފިއެވެ.

އިސްތިއުމާރީ ސިފައިން ރަހީނުކުރި 428 އެކްޓިވިސްޓުންގެ ތެރެއިން އިސްތަމްބޫލަށް ގޮސްފައިވަނީ 422 އެކްޓިވިސްޓުންނެވެ.

އެމީހުން ތުރުކީއަށް ގެންގޮސްފައިވަނީ ތުރުކީ ސަރުކާރުން އިންތިޒާމުކުރި ޚާއްސަ ތިން މަތިންދާ ބޯޓެއްގައެވެ. އެމީހުން ތުރުކީއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ތެލް އަވީވްގައި ހުންނަ ތުރުކީ އެމްބަސީ މެދުވެރިކޮށެވެ.

HajjCop_ads
MMA_Ads
Advertisement

ފްލޮޓިލާގެ ބައިވެރިން އިސްތިއުމާރީ އިސްރާއީލުން “ޑީޕޯޓް” ކޮށްލީއެވެ.

ދޫކޮށްލި 422 މީހުންގެ ތެރޭގައި ތުރުކީގެ 85 ރައްޔިތުންވެސް ހިމެނެއެވެ.

ސުމުދް ފްލޮޓިލާގައި ހިމެނިގެން ޣައްޒާއަށް ދަތުރުކުރި 54 ބޯޓަށް އިސްތިއުމާރީ ސިފައިން ހަމަލާދީ ބޯޓުތަކުން ދަތުރުކުރި އެންމެން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހުއެވެ. ބޯޓުތަކަށް ހަމަލާދިނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށެވެ.

ފްލޮޓިލާގައި ހިމެނޭ އުޅަނދުތަކުގައި ތިބި މީހުންގެ ގަޔަށް ރަބަރު ވަޒަނުން ހަމަލާދީ، ޕްރެޝަރުގައި ފެންޖަހައި އަދި ބޯޓުތަކުގައި އަސްކަރީ އުޅަނދުތައް ޖައްސައި ގެންލުންދީ އަދި ރާޅުބާނި އުފައްދައި ބޯޓުތައް ފައްތަންވެސް އިސްތިއުމާރީ ސިފައިން މަސައްކަތް ކޮށްފައި ވެއެވެ.

އަދި ފްލޮޓިލާގެ ހުރިހާ ބައިވެރިން ހައްޔަރުކޮށްގެން އިސްރާއީލަށް ގެންގޮސް އެމީހުންގެ އަތްތައް ފަހަތަށްލައި ބިޑިއަޅުވައި އެމީހުންގެ ގައިގައި ތަޅައި ބޮޑެތި އަނިޔާތައްވެސް ކޮށްފައި ވެއެވެ.

ފްލޮޓިލާގެ އަންހެން އެކްޓިވިސްޓަކަށް އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން ގްވީރް ހަމަލާދޭ މަންޒަރާއި، ރަހީނުކުރި މީހުންނާ ދިމާއަށް ހުތުރު އެއްޗެހި ގޮވައި، ޓެރަރިސްޓަށް ގޮވައި މަލާމާތްކުރާ މަންޒަރުގެ ވީޑިއޯ އާންމުވެ މުޅި ދުނިޔޭގެ ނުރުހުމާއި ދެކޮޅުވެރިކަން އިސްރާއީލަށް އަމާޒުވަމުން އެބަ ދެއެވެ.

ސުމުދް ފްލޮޓިލާގައި ދުނިޔޭގެ ފަންސާހަށްވުރެ ގިނަ ގައުމުގެ އެކްޓިވިސްޓުން ހިމެނޭއިރު، އޭގެ ތެރޭގައި ޑޮކްޓަރުންނާއި، ގާނޫނީ ވަކީލުންނާއި، ޕާލަމެންޓުތަކުގެ ކުރީގެ މެމްބަރުންނާއި، ސިޔާސީ ލީޑަރުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންވެސް ހިމެނެއެވެ.

ރަހީނުކުރި އެކްޓިވިސްޓުންނަށް އިސްތިއުމާރީ ދައުލަތުން ބޮޑެތި އަނިޔާކޮށް، އިހާނެތިކޮށް ހިތި މައްސަލަ ހޫނުވެ، ޔޫރަޕްގެ އެތައް ގައުމަކުން އިސްރާއީލުގެ އެމްބަސެޑަރުން ހާޟިރުކޮށް ރަސްމީކޮށް މައާފަށް އެދެން ޑިމާންޑް ކުރަމުން ގެންދެއެވެ. އަދި ބައެއް ގައުމުތަކަށް ބެން ގްވީރު އެރުން މަނާކުރަންވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަކު، އިސްތިއުމާރީ ދައުލަތުން ގްލޯބަލް ސުމުދް ފްލޮޓިލާއަށް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ހަމަލާދިނުމާއި، އެކްޓިވިސްޓުން ރަހީނުކުރުމާއި، އެންމެން ހައްޔަރުކޮށްގެން ގެންގޮސް ބޮޑެތި އަނިޔާތައް ކުރުމުންވެސް އިސްރާއީލާ ދެކޮޅަށް ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ބޮޑެތި ފާޑުކިއުންތައްވެސް އަމާޒުވަމުން އެބަދެއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ހިޒްބުﷲއިން އިސްތިއުމާރީ ސިފައިންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން “އެއްބަސްވުމޭ” ގޮވަން ފަށައިފި

ލުބުނާނުގެ ދެކުނުގެ އެތައް ރަށަކުން އާންމުން ފޭބުމަށް އިސްތިއުމާރީ ސިފައިން އިންޒާރުދެނީ، ހަމަލާތައް ހުއްޓާނުލާ