ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން
STO_Ads
TTH_Ads
Advertisement

އީރާނުން ތުރުކީއަށް ދިން ކަމަށް ބުނާ މިސައިލް ހަމަލާ ތަހްގީގު ކުރަން ބޭނުންފުޅުވާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް މިފަދައިން ވިދާޅުވީ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދަނީ، އެގައުމުން ތުރުކީއަށް މިސައިލް ހަމަލާއެއް ނުދޭ ކަމަށެވެ.

HajjCop_ads
Advertisement

އުރުދުޣާންއާ ގުޅުއްވައި އީރާނުގެ ރައީސް ވިދާޅުވީ، އީރާނާއި އަވަށްޓެރި ގައުމުތަކާ ޖެއްސުމަށްޓަކައި އެމެރިކާއާއި އިސްރާއީލުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދަނީ، ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރަން އީރާނު އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި، އެކަން ކުރެވޭނީ އެމެރިކާގެ ބޭސްތައް ހުރި އަވަށްޓެރި ގައުމުތަކުން އީރާނަށް ހަމަލާދޭން އެގައުމުތަކުގެ ސަރަހައްދުތައް ބޭނުން ކުރުން ހުއްޓުވައިގެން ކަމަށެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންވަނީ، ތުރުކީއާއި އީރާނުގެ ތަހްގީގު ޓީމުތަކުން، އިރާނުން ތުރުކީއަށް ދިން ކަމަށް ބުނާ މިސައިލް ހަމަލާ ތަހްގީގުކުރަން ތައްޔާރަށް ހުންނެވި ކަމަށް ތުރުކީގެ ރައީސަށް ދަންނަވާފައެވެ.

ތުރުކީއާއި އީރާނާ ދެމެދު އޮންނަ ރަހްމަތްތެރި އަދި އަޚުވަންތަ ގުޅުމަށް، ދޮގު ޕްރޮޕަގެންޑާ ވާހަކަތަކުން އަސަރު ކުރިޔަ ނުދިނުމަށް އީރާނުން ބޭނުންވާ ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އީރާނުގެ ރައީސް ގުޅުއްވުމުން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންވަނީ، އެމެރިކާއާއި އިސްރާއީލުން ހަމަލާދީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމުން އީރާނަށް ތައުޒިޔާ ވިދާޅުވެފައެވެ.

އަދި އީރާނުގެ ދެކުނުގެ މިނާބުގައި ހުރި އަންހެން ދަރިވަރުން ތައުލީމު ހާސިލްކުރާ ޕްރައިމެރީ ސްކޫލަށް އެމެރިކާއިން ބޮންއެޅި ހާދިސާގައި މަރުވި 170 ކުދިންނާއި، ޓީޗަރުންގެ އާއިލާތަކަށާއި، އީރާނު ސަރުކާރަށްވެސް ތުރުކީގެ ރައީސް ތައުޒިޔާ ވިދާޅުވެފައި ވެއެވެ.

އަދި ހަމަ އެއާއެކު، އީރާނުގެ އައު ރޫހީ ލީޑަރުގެ މަގާމަށް ސައްޔިދު މުޖުތަބާ ޚާމަނާއީ އައްޔަން ކުރުމާ ގުޅިގެން އެކަމަށް މަރްހަބާވެސް ވިދާޅުވިއެވެ. އަދި މުޖުތަބާ ޚާމަނާއީއަށް ކާމިޔާބީއަށް އެދިވަޑައި ގެންނެވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ