ވޮލީ އެސޯސިއޭޝަންގެ ކޯޗަކު ކުޅުންތެރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމްރީންކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އެނގިފައިވާގޮތުގައި އެ ތުހުމަތު ކުރެވެނީ ވޮލީ އެސޯސިއޭޝަންގެ އިސް ކޯޗެއްގެ މައްޗަށެވެ. އޭނާ އަންހެން ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރީ ބްލެކްމެއިލްކޮށް ބިރުދައްކައިގެންނެވެ.

މިހާރު އޭނާ ވަނީ އެ އެސޯސިއޭޝަންގެ މަސައްކަތްތަކުން ވެސް ސަސްޕެންޑުކޮށްފައެވެ.