އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ރަށުގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފުލުހުން އަންނަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުންނެވެ.