ހުޅުމާލޭ ސަހަރާގެ ބިމުއަޑިން ފެން ނުހިނދޭތީ މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުންވަނީ މެދުކަނޑާލެވިފައިކަމަށެވެ. އެހެން ކަމުން މައްޔިތުން ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފައިކަމަށް ވިދާޅުވިއެވެ.

ބޯކޮށް ވާރޭވެހިއްޖެނަމަ، ފެން ބޮޑުވުމުގެ މައްސަލަ ހުޅުމާލެ ސަހަރާއަށް ދިމާވެއެވެ. މި މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރުތަކުގައިވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު