މާލޭގައި ހުރި އާންމު ފާޚާނާ ޢިމާރާތްތައް ވިޔަފާރި އުސޫލުން ހިންގާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާންގައި ވަނީ ޕޭ ޓޮއިލެޓް ނުވަތަ އާންމު ފާޚާނާތައް ހުރި އިމާރާތްތަކުގެ މަތީ ފަންގިފިލާގައި ކެފޭ ނުވަތަ އެހެން ވިޔަފާރިތައް ހިންގޭ ގޮތަށް، ޕޭ ޓޮއިލެޓްތައް އަމިއްލަ ހަރަދުގައި މަރާމާތުކޮށް ހިންގާނެ ބަޔަކު ހޯދާކަމަށް ބުނެފައެވެ. މިގޮތުން މާލޭޣެ 4 ސަރަހައްދެއްގައި އާންމު ފާޚާނާބަރިތައް ހުރި ޢިމާރާތްތަކާއި ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރާނެކަމަށް ބުނެފައިވެއެވެ.

ކުއްޔަށް ދޫކުރާ ޢިމާރާތްތައް:

އިޝްތިހާރު އިޝްތިހާރު
  • ޕޭ ޓޮއިލެޓު 06 ( އާންމު ފާޚާނާ އަތޮޅު ފިހަރާތައް ކައިރި)ގައި ހުރި ބިން
  • ޕޭ ޓޮއިލެޓު 07
  • އެމްއެމްއޭ ކައިރީގައިހުރި ޕޭ ޓޮއިލެޓު
  • ހެންވޭރު ޕޭ ޓޮއިލެޓު

މާލެ ސިޓީ ކައުންސިލުންބުނީ އެ ތަންތަން ކުއްޔަށް ދޭނީ އެ ޢިމާރާތްތައް އެއްކޮށްކަމަށެވެ.

ކައުންސިލުން ބުނީ ބިޑު ހުށައެޅުމުގައި  ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނިކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ އަމީނީމަގުގައި ހުރި ބިން ނަންބަރު 13 ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށާއި ސިނަމާލެ 3 ގައި ހުރި ފިހާރަ ކުއްޔަށް ދޭންވެސް ހުޅުވާލާފައެވެ.