އުތުރުގެ ރަށެއްގައި ކުއްޖަކަށް ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގެ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނޯތު ޕޮލިސްގައި ހިމެނޭ އަތޮޅުތަކަކީ ނ، ރ، ބ އަދި ޅ އަތޮޅެވެ.

މި މައްސަލައަކީ 18 އަހަރުން ދަށުުގެ ކުއްޖަކާ ގުޅުންހުރި އަނިޔާގެ މައްސަލައެއް ކަމަށްވާތީ ފުލުހުން މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ. އަދި މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފާޅުވާނެ ފަދަ ގޮތަކަށް މައުލޫމާތު ބަދަލުކުރުމަކީ ގާނޫނީ ކުށެއްކަން ފާހަގަކޮށްލަންޖެހެއެވެ.










ކިޔުންތެރިންގެ ހިޔާލު