ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީ

mifco ceo faruhath
TTH_Ads
STO_Ads

މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ.ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭ ނިމި ބޭނުންކުރަން ފެށޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވަނީ އެކުންފުނިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ކޯލްޑް ސްޓޯރޭޖްގެ މަސައްކަތަކީ ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތަކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ. މި މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް މަސް ކިރޭނެއެވެ.

HajjCop_ads

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވީ، ފެލިވަރުގައި ހުރި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއަކީ ވަރަށް ޒަމާންވީ ކޭނަރީއެއްކަމަށާއި ފެލިވަރުގައި އައު ކޭނަރީއެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިހާރު ހުރި ކޭނަރީގެ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 40 އާއި 50 އާއި ދެމެދުގެ ޓަނުގެ ދަޅުމަހެވެ. ޝަހީރު ވިދާޅުވީ ކޭނަރީއާއިއެކު ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި މިއަހަރުގެ މެދުތެރޭ މިތަން ބޭނުންކުރަން ފެށޭނެކަމަށެވެ.

“ފެލިވަރުގައި މަސް ރައްކާކުރުމުގެ ވަރަށް ބޮޑު ޕްރޮޖެކްޓެއް އެބަ ހިންގަން އަޅުގަނޑުމެން ގާތްގަނޑަކަށް 4500 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއެއް. އެހެންވީމަ އެ ޕްރޮޖެކްޓް މިހާރު އެބަ ހިނގާ. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރުގެ މެދުތެރޭގައި ޖޫން އެހިސާބުގައި އަޅުގަނޑުމެންނަށް އެ ފެސިލިޓީ ބޭނުންކުރަން ފެށޭނެ. ދެން އެ ފެސިލިޓީއާއި ގުޅިގެން އަންނަންޖެހޭ ކޭނަރީގެ ވާހަކަ މިދެންނެވީ” ޝަހީރު

ކޯލްޑް ސްޓޯރޭޖާއިއެކު، 200 ޓަނުގެ ބްރައިން ފްރީޒިންއާއި 80 ޓަނުގެ އާރު.އެސް.ޑަބްލިއު ސިސްޓަމެއް ގާއިމުކުރެވޭނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި އުތުރުގެ މަސްވެރިން ތެލަށްކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

ސަރުކާރުން 22 މިލިޔަން ޑޮލަރު ޚަރަދުކުރުމަށް ނިންމާފައިވާ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓަކީ އެސައިޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މި ޕްރޮޖެކްޓަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ރައިނެކް އިންޑިއާ ލިމިޓެޑާއި ހަވާލުކުރި މަޝްރޫއެކެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މިފްކޯގެ އެމްޑީ ކަމަށް އަނަސް އައްޔަންކޮށްފި

masverin

މި މަހުގެ އެކަނިވެސް މަސްވެރިންނަށް 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

Masverin

މަސްވެރިންނަށް މިއަދު 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި: މިފްކޯ

masverin

ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފި