ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރީކޯ މޫސާ މަނިކާއި ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅައިދޭން އިލްމުވެރިންގެ ގުޅުމުން އެދިއްޖެ

990
TTH_Ads
Maldivian_Ads
STO_Ads
Advertisement

އިލްމުވެރިންނަކީ ‘މުރުތައްދުވެފައިވާ’ ބައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވި މައްސަލަ އިލްމުވެރިންގެ ގުޅުމުން ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ މޫސަ ވަނީ ރާއްޖޭގައި އުޅޭ ވަކި ފަންތިއެއްގައި ދީނީ ދަންނަ ބޭކަލުންނަކީ ‘އިންޖީނު ދޯންޏަކަށް’ ވެސް ހަމަ ވަގުތުން ކުއްލިއަކަށް ހަދީސްތަކާއި އާޔަތްތައް ބަދަލުކޮށްގެން ވާހަކަދައްކާ މީހުން ކަމަށް ތުހުމަތު ކުރައްވާފައެވެ.

ސިޔާސީ ގޮތުން ނުކުންނަ ދަންނަބޭކަލުންނަކީ މި ގައުމަށް ވެފައިވާ ބޮޑު މުސީބާތެއްގެ ގޮތުގައި ސިފަ ކުރައްވާ ރީކޯ ވަނީ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

HajjCop_ads
Advertisement

“އަޅުގަނޑުމެންނަކީ ހަރާން ކަންތައް ކުރާ ބައެއް ކަމަށް ނުވަތަ، އަޅުގަނޑުމެންނަކީ މުރުތައްބުވެފައި ތިބި ބައެއް ކަމަަށް ބުނާއިރުގައި، ﷲ ރަސްކަންފުޅު ގަބޫލުކޮށް، ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމީ ރުކުންތައް ގަބޫލު ކުރި މީހަކާ ދިމާލަށް ފުރަތަަމަ ކާފަރެކޭ ބުނުމަކީ ތިމާއަކީ ކާފަރުވެފައި ހުރި މީހެއް، އޭނަ ޖެހޭނެ ތައުބާވަން.”ރީކޯ މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަގެ އެވާހަކަތަކާ ގުޅިގެން އިލްމުވެރިންގެ ޖަމިއްޔާއިން ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީނަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައި ވަނީ އޭނާ ދެއްކެވި ވާހަކަފުޅަކީ ވަރަށް ނުރައްކާތެރި އަދި ހައްސާސީ މައްސަލައެއް ކަމަށާއި އެ ވާހަކަތަކަކީ ދީނީ އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ދައްކަވާފައިވާ ނޭއްގާނީ ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.

ހަމަ އެހެންމެ އިލްމުވެރިންނާ މެދު މިފަދަ ނުރައްކާތެރި ތުހުމަތުތައް ކުރުމަކީ، ޑރ. އަފްރާޝީމް އަލީ އެކޭ އެއްފަދައިން، މިހާރު ތިއްބެވި ދީނީ އިލްމުވެރިންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ފަދަ ޖަރީމާތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއް ކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެންކަމުން ރީކޯ މޫސާ މަނިކާއި އޭނާގެ ވާހަކަތައް ލައިވްކޮށް ބްރޯޑްކާސްޓު ކުރި ޗެނަލްގެ ޒިންމާވާ ފަރާތްތަކާ މެދު ތަހުގީގު ހިންގާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައިދިނުމަށް އިލްމުވެރިންގެ ޖަމިއްޔާއިން ވަނީ އެދިފައެވެ. ލައިވްކޮށް އެމްޑީޕީގެ އެ ޖަލްސާ ދެއްކީ ރާއްޖެ ޓީވީންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Large thumb

ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

988

ސްޓެލްކޯ ބަސް ސްޓޮޕްގައި ހުރި ޓީވީއެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި