ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ބަލި މީހުންގެ ގޭގެއަށް ގޮސްގެން ފަރުވާ ދިނުމަށްޓަކައި 'ހޯމް ނާސިން ކެއާ' ގެ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ. މި ޚިދުމަތަކީ ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ބަލިމީހުންގެ ގޭގެއަށް ގޮސްގެން ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ.
މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ 11:00 އަށް އައިޖީއެމްއެޗަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހެއެވެ. ނަމަވެސް، މި ޚިދުމަތް ރަސްމީކޮށް ފަށާނެ ވަކި ތާރީޚެއް ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.