ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
Maldivian_Ads
STO_Ads
TTH_Ads
Advertisement

އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށާއި އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް، އެންމެން ޝާމިލުވާ ރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރަނީ އުނގެނުމަށް ބްރެއިލްއިން ހުޅުވާލަދޭ ދޮރުތަކާއި އޭގެ ސަބަބުން ލިބިގެންދާ މިނިވަން ކަމަށް ކަމަށެވެ. އަދި ބްރެއިލްއަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ބާރު ލިބޭ އެއްޗެއް ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ފުރުޞަތުތައް ލިބިގެން ކަމަށެވެ.

ދިވެހިރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް ކަމަށާއި ކޮންމެ ނިންމުމެއްވެސް ނިންމަވާނީ އެންމެން ޝާމިލުވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެންމެންނަށް ފުރުޞަތުތައް ފަހިކޮށްދީ އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރާއި، ރާއްޖޭގެ މުއައްސަސާތަކުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ އެކި ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން އެކި ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ދަނީ ވަޒީފާގެ ފުރުޞަތުތައް ފޯރުކޮށްދެމުންނެވެ.

އަދި ރާއްޖޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު ހޯދައިދިނުމަށް، ބްރެއިލް ބޭނުން ކޮށްގެން ވޯޓުލެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެކި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި ދަނީ ބްރެއިލް ބޭނުންކުރުންވެސް އިތުރުވަމުންނެވެ.

ބައިނަލްއަޤުވާމީ ގޮތުން ބްރެއިލް ދުވަސް ފާހަގަކުރަން ފެށީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމުގައި ބްރެއިލްގެ ބާރާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް، ބްރެއިލްގެ ބާނީ ލުއީސް ބްރެއިލްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަސް ދުނިޔޭގެ ބްރެއިލް ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldives Post Limited

‘ޕިކްޕޯސްޓް’ ސްޓޭޝަނެއް ހުޅުވައިފި

448964 3 037430c446ec08e53c8e13c8415a0fd9dd30ac63

ސޯސަން މަގު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް

Getty

ސައުދީ ލީގުގެ ހުށަހެޅުމަށް ބޮޑެތި ކުލަބުތަކުން ދެކޮޅުހަދައިފި

HUFl4OGagAANHUR

އައުޤާފް ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި، މެނޭޖިންގ ޑިރެކްޓަރަކަށް ޔާމީން އިދުރީސް