ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

‘ޕިކްޕޯސްޓް’ ސްޓޭޝަނެއް ހުޅުވައިފި

Maldives Post Limited
STO_Ads
TTH_Ads
Maldivian_Ads
Advertisement

އީ-ކޮމާސްގެ ވިޔަފާރިތަކާއެކު މެއިލްގެ ޚިދުމަތްތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ބޮޑެތި ޕާރުސަލްތަކަށް ޚާއްޞަކޮށްގެން މޯލްޑިވްސް ޕޯސްޓް ބިލްޑިންގގެ ގްރައުންޑް ފްލޯގައި ޤާއިމުކޮށްފައިވާ “ޕިކްޕޯސްޓް” ސްޓޭޝަން އަލުން ހުޅުވައިފިއެވެ.

މި ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް އިލްޔާސް އަޙްމަދުއެވެ.

މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބަދަލަކީ އެ ކުންފުނީގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްޤީކުރުމަށާއި، ވަކިން ޚާއްޞަކޮށް ޑެލިވަރީގެ ނިޒާމު ޒަމާނީ ފެންވަރަކަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. މިގޮތުން އަލުން މި ހުޅުވުނު ޕިކްޕޯސްޓް ސްޓޭޝަނަކީ އީ-ކޮމާސް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ބޮޑެތި ޕާރުސަލްތައް ދޫކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ތަނެކެވެ.

HajjCop_ads
Advertisement

މި ގެނެވުނު ބަދަލާއެކު، މޯލްޑިވްސް ޕޯސްޓުގެ ޑެލިވަރީ ނިޒާމު އިތުރަށް ހަރުދަނާވެ، ބޮޑެތި ޕާރުސަލްތައް ނެގުމުގައި ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ތަޖުރިބާގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމެއް ކަމުގައިވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ޕޯސްޓުގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ އަދި ޑެލިވަރީ ނިޒާމު ޒަމާނީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ޤައުމުގެ އިސް ވިޔަފާރި ފަހިކޮށްދޭ ފަރާތެއްގެ (ލީޑިންގ ޓްރޭޑް ފެސިލިޓޭޓަރ) ގޮތުގައި މޯލްޑިވްސް ޕޯސްޓުން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ. އަދި ކޮންމެ ޚިދުމަތެއްވެސް ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

post office

ޕޯސްޓް އޮފީހުގެ ތިރީބައި ބޮޑެތި ޕާރުސަލްތަކަށް ޚާއްޞަކޮށް އަލުން ހުޅުވައިފި

post office

ޕޯސްޓް މެދުވެރިކޮށް “ގްލޯބަލް ދުކާން” އިން މިހާރު ފަސޭހައިން ފައިސާ ދެއްކޭނެ

88887

މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފި

HOJGFv1awAEQtbz

ކުޅުދުއްފުށީގައި ޕިކްޕޯސްޓްގެ ޚިދުމަތް ފަށައިފި