މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

އެކަން ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕީސީބީން ވަނީ ހަމަކޮށްފައެވެ. ޕީސީބީން ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައި ވަނީ ގއ. ވިލިނގިލީ ވިޜަން، ބުޝްރީ މުޙައްމަދު އާއި ގއ. ނިލަންދޫ ވައިޓްވިލާ، ނާޞިޙް އިބްރާހިމް ކަމަށެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ނާސިރު އިބްރާހިމް އަކީ ގއ. ނިލަންދޫ ކައުންސިލްގެ ކުރީގެ ރައީސެވެ.

އިޝްތިހާރު އިޝްތިހާރު

މި ދެ ބޭފުޅުން މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރެއްވުމުން އެ ކުންފުނިން ވަނީ މަރުޙަބާ ކިޔާފައެވެ.