ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގައި 74،000 މެމްބަރުން

PNC
STO_Ads
TTH_Ads
Advertisement

މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީ ކަމަށް އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު ނިމުނުއިރު 9 ޕާޓީއެއް ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ، 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ.

އިލެކްޝަން ކޮމިޝަނުން ޙިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީއެވެ. އެ ޕާޓީގައި 74،048 މެމްބަރުން ތިއްބެވެ. ދެން އެންމެ ގިނަ މެމްބަރުން ތިބީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިވް ޕާޓީ، އެމްޑީޕީގައެވެ. އެއީ، 43،784 މެމްބަރުންނެވެ.

MMA_Ads
HajjCop_ads
Advertisement

ޖުމްހޫރީ ޕާޓީ: 12،343 މެމްބަރުން
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) 9،686 މެމްބަރުން
އަދާލަތު ޕާޓީ 8،267 މެމްބަރުން
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) 5،133 މެމްބަރުން
ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީ.އެން.އެފް) 3،012 މެމްބަރުން
ދަ ޑިމޮކްރެޓްސް 2،952 މެމްބަރުން
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) 1،710 މެމްބަރުން
ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި 9 ޕާޓީއެއް އޮތްއިރު، މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ، 4 ސިޔާސީ ޕާޓީއަކަށެވެ. އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަސް ކަމުގައިވާ މިދިޔަ އަހަރުގެ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގައެވެ.

މިދިޔަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރީ، 5 ސިޔާސީ ޕާޓީއަކަށެވެ. މީގެ ތެރެއިން ޤާނޫނުގައި ބުނާ އަދަދަށް މެންބަރުންގެ އަދަދު ހަމަނުވުމުން، މި އަހަރު ބަޖެޓުން ފައިސާ ލިބޭ ލިސްޓުން އުނިވާނީ އަދާލަތު ޕާޓީއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކަށްވެސް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރާނެއެވެ. އެއަދަދަށް ފައިސާ ދޫކުރާނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ޕާޓީތަކަށް މެމްބަރުން ވެއްދުމުގެ މަސައްކަތުގެ ދަށުން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤަވާއިދު އިސްލާޙުކޮށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ޢާންމުކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ޕީއެންސީ އޮތީ ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކު: އަބްދުއްރަހީމް

Big CCAfUaIpz3vt6ieSCJyX2MrDI

ޕީއެންސީ ދާއިރާތަކުގެ އިންތިޚާބު ޖުލައި 11ގައި

މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި އިންތިހާބެއް ބޭއްވިޔަސް އަޅުގަނޑުމެން ކާމިޔާބުކުރާނަން: ސަލީމް

Sstv FORM FOR EC

ޕީއެންސީއަކީ ރައްޔިތުންގެ އެންމެ ބޮޑު ތާއީދާއި އިތުބާރު ހޯދި ޕާޓީކަމަށް ރައީސް ވިދާޅުވެއްޖެ