ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ: ކަސްޓަމްސް

customs
TTH_Ads
STO_Ads
Advertisement

މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާ މައްސަލާގައި ފިޔަވަޅު އަޅާނެކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މި އުޅަނދުތައް މަޝްރޫއު ނިމުމަށްފަހު ރާއްޖެއިން ބޭރަށް ނުގެންދިޔުމާއި، ޑިއުޓީ ނުދައްކައި ފަރާތްތަކަށް ކުއްޔަށް ދީ ބޭނުންކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މި ކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވަމުންދާކަން ފާހަގަކުރެވެއެވެ.

ކަސްޓަމްސް އިން ބުނީ މިއަދުން ފެށިގެން މި އުޅަނދުތައް ހޯދައި ކަސްޓަމްސްގެ ކޮންޓްރޯލް ދަށަށް ގެނެސް، ޖޫރިމަނާ ކުރުމާއެކު ޑިއުޓީ ނަގާނެ ކަމަށެވެ. މި ފިޔަވަޅު އަޅަން ނިންމީ ޑިސެންބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގައި މި ކަންބޮޑުވުން ހުށަހެޅުއްވުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ބައެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

HajjCop_ads
Advertisement

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

3.5 ކިލޯގެ ޑްރަގު ކަސްޓަމުން އަތުލައިފި

Igmh

ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ފަސްހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގެންފި

Igmh

މޭ މަހު ރާއްޖެއިން ދަޅުމަސް ބޭރުކުރި މިންވަރު އިތުރުވެއްޖެ

Igmh

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކަސްޓަމްސްއިން އަތުލައިގަނެފި