ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ޕޯޓް ޓްރެއިނިން ސެންޓާ (ޕީޓީސީ)ގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކޮށްފިއެވެ.

މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ރަސްމިއްޔާތުގައި ވަނީ، ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި އެމްޕީއެލް ގުޅިގެން ހިންގި އަންކްޓަޑް މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާއި ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. އޭގެ އިތުރުން މިއަހަރު އެ ކުންފުނިން ހިންގި އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށްވެސް ސެޓްފިކެޓް ހަވާލުކުރިއެވެ.

HajjCop_ads
Advertisement

ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު އަންކްޓަޑްގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ރާއްޖޭގައި އަލުން ފެށީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ޖުމުލަ 18 މަސް ދުވަހުގެ ޕްރޮގްރާމް ނިންމައި، ރޭގެ ރަސްމިއްޔާތުގައި 18 ފަރާތަކުން ސެޓްފިކެޓް ހޯދިއެވެ. މީގެ ތެރެއިން 17 ފަރާތަކީ އެމްޕީއެލްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މުވައްޒަފެއްވެސް އެ ޕްރޮގްރާމް ފުރިހަމަކުރިއެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އަންކްޓަޑްގެ ޗީފް އޮފް ދަ ހިއުމަން ރިސޯސް، މާކް އަސަފެވެ.

އެ ޕްރޮގްރާމްގެ ބެސްޓް ޑެސަޓޭޝަން އެވޯޑް ލިބުނީ އެމްޕީއެލްގެ އެސިސްޓަންޓް ޕްލޭނަރު، ހުސެއިން ޖައުފަރަށެވެ. އަދި ބެސްޓް އޯލް ރައުންޑްގެ އެވޯޑް ލިބުނީ އެކުންފުނީގެ އެސިސްޓަންޓް މެނޭޖަރު، ހައިސަމް ސައީދަށެވެ. ބެސްޓް އޯލް ރައުންޑްގެ އެވޯޑާއެކު ހައިސަމްއަށް ވަނީ ސްވިޑަންގެ ވޯލްޑް މެރިޓައިމް ޔުނިވާސިޓީން މާސްޓާސް ޑިގްރީ ސްކޮލާޝިޕެއް ލިބިފައެވެ. އެ ދެ އެވޯޑާއި ސްކޮލާޝިޕް ލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން މިނިސްޓަރު ސައީދެވެ.

އެމްޕީއެލުން މިއަހަރު ހިންގި އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އަބްދުލްރަހުމާން މުބާރިކެވެ. މިއަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި އަ ފަރާތެއް ބައިވެރިވިއެވެ.

ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށްވެސް އެ ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. އެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ޑީން، ކެޕްޓަން މުހައްމަދު ޒައިދެވެ.

އެމްޕީއެލުން ހިންގާ އެޕްރެންޓިސް އަދި އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިންސްޓްރަކްޓަރުންނާއި އެކި ޕްރޮގްރާމްތަކުގެ ލެކްޗަރާއިންގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ފަރާތްތަކަށް ހާއްސަ ބެޖެއް ދީފައިވެއެވެ. އެ ބެޖުތައް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނެެވެ.

އޭގެ އިތުރުން، އެމްޕީއެލް އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގި ސެޓްފިކެޓް އެކަކުން ޕޯޓް ސެކިއުރިޓީ ކޯހުން އެއްވަނަ ހޯދި އެމްޕީއެލްގެ ސެކިއުރިޓީގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޔައީޝް އަލީއަށް ވަނީ ރެކޮގްނިޝަން އެވޯޑް ދީފައެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަހުމަދު ޒުބެއިރެވެ.

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރަކީ އެ ކުންފުނީގެ މުވައްޒަފުންގެ ތައުލީމާއި ތަމްރީނުތައް ކުރިއަށްގެންދިއުމުގެ މަސައްކަތްކުރާ ސެންޓަރެކެވެ. އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުން ކޮންމެ އަހަރަކުވެސް، އެމްޕީއެލްގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ. އަދި ޕޯޓްގެ ދާއިރާއިން މީހުން ބިނާކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ

ވިޔަފާރި ބަނދަރު ވެގެންދާނީ އެންމެ ޒަމާނީ، ލޮޖިސްޓިކް އަދި މެރިޓައިމް ޚިދުމަތްތަކަށް ފަހި ބަނދަރަކަށް