ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުމްލަ 787 ވެހިކަލް ޓޯކޮށްފި، ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް

990
TTH_Ads
Maldivian_Ads
STO_Ads
Advertisement

މަގުމަތީ ބަހައްޓާފައި ހުންނަތާ ގިނަ ދުވަސްވެފައި ހުރި ވެހިކަލްތަކާއި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މަގުތަކުން ނަގަން ހިންގި އޮޕަރޭޝަންގައި 787 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ އޮޕަރޭޝަނެއް ފުލުހުން ފެށީ މި މަހު ހަވަނަ ދުވަހު އެވެ. އެ ވެހިކަލްތައް ނެގުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ފުލުހުން ވަނީ ހުޅުމާލެ 1 އަދި 2 ގެ މަގުތަކުގައި ހުރި އެފަދަ ވެހިކަލްތައް ނަގަން އަންގައިފައެވެ.

ވެހިކަލްތައް ނެގުމުގެ މަސައްކަތް ނިންމާލުމަށް ފަހު ފުލުހުން މިއަދު ބުނީ ޓޯކުރި 787 ވެހިކަލްގެ ތެރޭގައި ގިނައީ މާލޭ ޒޯން ނޫން އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެވެ.

HajjCop_ads
Advertisement

އޭގެ ތެރޭގައި ހިމެނެނީ:

  • ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދު
  • ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތި މަގުމަތީގައި ހުރި 186 އުޅަނދު
  • މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދު

ފުލުހުން މިހާރު ވަނީ އެ ހުރިހާ އުޅަނދެއް ވެސް ތިލަފުއްޓަށް ގެންގޮސްފައެވެ.

ވެހިކަލްތައް ދޫކުރަނީ އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ހުރިހާ ޓްރެފިކް ޖޫރިމަނާއެއް ދެއްކުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެން ގޮސް ހުންނަ އުޅަނދުތަކާ މެދު އަމަލުކުރާ އުސޫލުގެ ދަށުން، އެ ވެހިކަލްތަކުގެ މައުލޫމާތު އިއުުލާންކޮށް އުޅަނދުތަކާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ނުގެންދާ ނަމަ ނައްތާލާނެ ކަމަށެވެ.

 ހާބަރު ފުޑް ކޯޓު ސަރަހައްދުގައި ޕާކް ކޮށްފައިވާ ކާރެއް،ފުލުހުން ނަގަނީ.– ފޮޓޯ: ޕޮލިސް

މާލެ ސަރަހައްދުގައި ނުގަވައިދުން ޕާކުކުރާ މައްސަލަ ބޮޑުވެފައިވާތީ އެކަން ހައްލުކުރަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

police

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް ބަލަނީ