ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒް ރިޓަޔާކުރައްވައިފި

990
STO_Ads
TTH_Ads

ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވީ ޝަރުއީ ދާއިރާގައި 23 އަހަރު ދިގު ހިދުމަތްތަކެއް ކުރެއްވުމަށް ފަހުގައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ފަނޑިޔާރު ނިޔާޒު ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ މަހުގެ ތެރޭގައެވެ. އޭނާގެ އެ ހުށަހެޅުން ބަލައި، ފަނޑިޔާރުގެ ރިޓަޔަމަންޓް ގަބޫލުކުރަން ޖޭއެސްސީން ނިންމިއެވެ.

Maldivian_Ads

ހައި ކޯޓުން އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ފަނޑިޔާރު ނިޔާޒު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށް ބުނެ، ނިޔާޒު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ފަނޑިޔާރު ނިޔާޒުގެ ފަނޑިޔާރެއްގެ ގޮތުގައި ހިދުމަތް ކުރައްވަން ފެއްޓެވީ ސެޕްޓެމްބަރު 30، 2002 ގަ އެވެ. އެއީ އޭރު ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމުންނެވެ. އޭގެ ފަހުން ނިޔާޒު ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ.

ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާއިރު، އެ ފަނޑިޔާރާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ދިޔައީ ބަލަމުންނެވެ.

އެ މައްސަލަތަކަކީ ގިނަ ދުވަސްވެފައިވާ އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގައި އޮތް މައްސަލައަށް އެމްޑީއޭގެ ކެންޑިޑޭޓް ދަތައްޚުލްވެއްޖެ

Ui

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޖަމީލް އައްޔަން ކުރަން ނިންމައިފި

Big tkaqua9heab6zthfms1rjk8sd

ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

43

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި