ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖު، ޢުމްރާ ކޮންފަރެންސްއަށް ސަޢުދީ ވަފުދެއް ރާއްޖެއަށް

TTH_Ads
STO_Ads
Advertisement

މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަޢުދީ ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ އާއި އެ ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.

މި ދަތުރުފުޅުގައި އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި ރަސްމީކޮށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެއެވެ.

HajjCop_ads
MMA_Ads
Advertisement

މީގެ އިތުރުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތް ކުރުމާއި ޒުވާން ޚަޠީބުންނާއި ޙާފިޡުން އަދި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާނެއެވެ.

މިއަހަރުގެ ޙައްޖު އަދި ޢުމްރާ ކޮންފަރެންސް މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ކޮންފަރެންސްގައިވެސް ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވެލައްވާނެއެވެ.

ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ ހައްޖު އަދި އުމްރާ ކޮންފަރެންސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ދިވެހިރާއްޖޭން މީހުން ޙައްޖާއި ޢުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމުގެ މަޤުޞަދުގައި ބާއްވާ ކޮންފަރެންސެކެވެ.

މީގެ އިތުރުން މިކޮންފަރެންސަކީ ޙައްޖ،ު ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ޙައްޖާއި ޢުމްރާގެ އަޅުކަމާއި ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް، ޢުމްރާ ކުންފުނިތަކާއި ވުޒާރާއާއި އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މަޢުލޫމާތުތައްދީ މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ރާވާފައިވަނީ ޙައްޖާއި ޢުމްރާއާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އަންނަނީ ދީނީ އެކިއެކި ކަންކަމާ ގުޅިގެން މިފަދަ މަހާސިންތާތައް ބާއްވަމުންނެވެ. އެގޮތުން ޙައްޖާއި ޢުމްރާއަށް ގެންދިއުމުގެ ކަންކަން ހަރުދަނާ ކުރުމަށް މަހާސިންތާއެއް ރާވާފައިވާއިރު، މީގެ ކުރިން އިމާމުންގެ މަހާސިންތާއަކާއި، ދީނީ ޢިލްމުވެރިންގެ މަހާސިންތާއެއްވެސް ވަނީ ބާއްވާފައެވެ. މިއީ ރާއްޖޭގެ ދީނީ ރޮނގުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަން އެއާޕޯޓުގައި 800 މީހުންގެ ޖާގައިގެ މިސްކިތް ކޮމްޕްލެކްސްއެއްގެ ބިންގާ އަޅައިފި

ވޯލްޑް މުސްލިމް ލީގުގެ ދައުވަތަކަށް ޝަހީމް މެލޭޝިޔާއަށް

Zuvaan Khatheebun

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ފަސްވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވަނީ