ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނު މީހަކު ރާއްޖެ ގެނައި ޑްރަގާ ހަވާލުވި މީހަކު 18 އަހަރަށް ޖަލަށް

Mm
Maldivian_Ads
TTH_Ads
STO_Ads
Advertisement

މިދިޔަ އަހަރުގެ ޖުލައި މަހު، އިއްތިހާދު އެއާވޭސްއިން ރާއްޖެ އައި ޕާކިސްތާނު މީހަކު ގެނައި މަސްތުވާތަކެއްޗާ ހަވާލުވި މީހަކު 18 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ހުކުމް އިއްވީ ހދ. ކުމުންދޫ ނަރުގިސްވިލާ އަހްމަދު އައްފާންގެ މައްޗަށެވެ. އޭނާގެ އިތުރުން ވ. ސިނަމާލެ، ޝާހިލް މުހައްމަދުގެ މައްޗަށް ވެސް ދައުވާކުރިއެވެ.

އެ ދެ މީހުންގެ މައްޗަށް ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

HajjCop_ads
Advertisement

ޝާހިލްގެ މައްސަލަ އަދި ނުނިމެއެވެ.

އިއްތިހާދު އެއާވޭސްއިން ރާއްޖެއައި ޕާކިސްތާނު މީހެއްގެ ފޮށީގައި މަސްތުވާތަކެތި ހުރިކަން ކަސްޓަމަށް ފާހަގަކުރެވިގެން، ފުލުހުންގެ ބެލުމުގެ ދަށުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ. މި އޮޕަރޭޝަނުން ފާހަގަވީ، މަރުކަބު ޕްލާޒާ ހޮޓެލް ކައިރީގައި މައްސަލައިގެ ދައުވާ ލިބުނު އައްފާން ހުއްޓައި، ޕާކިސްތާނު މީހާ އެ ތަނަށް ޓެކްސީއެއްގައި ގޮސް އައްފާނާ ފޮށި ހަވާލުކުރި ކަމެވެ.

އައްފާން، ފޮއްޓާއި ހަވާލުވީ ޕާކިސްތާނު މީހާއަށް 50 ރުފިޔާ ދިނުމަށް ފަހުކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމްގައިވެއެވެ.

އެ 50 ރުފިޔާއަކީ ފޮއްޓާއި ހަވާލުވާން އަންނަ މީހާ ފާހަގަކުރަން ދީފައި އޮތް 50 ރުފިޔާ ކަމަށް ހުކުމްގައިވެއެވެ. ޕާކިސްތާނު މީހާއާއި ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތްކުރަމުން ދިޔައިރު، އެ މީހާ ހުރީ އޭރު ފުލުހުންނާ އެކުއެވެ.

އައްފާން ފޮއްޓާ ހަވާލުވުމާއެކު ފުލުހުން އޭނާ ހިފަހައްޓައި ފޮށި ބެލިއިރު، ފޮށިން ދެ ކިލޯއަށްވުރެ ގިނަ ޑައިމޯފިންވަނީ ފެނިފައެވެ. އައްފާން ވަނީ ފޮއްޓާ ހަވާލުވި ކަމަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެކަމަކު، އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ޝަރީއަތުގައި އޭނާ ބުންޏެވެ.

އެ ފޮއްޓާ އޭނާ ހަވާލުވީ ރައްޓެއްސަކު ބުނެގެން ކަމަށް ބުނިނަމަވެސް އެއީ ކާކުކަން ފުލުހުންނަށް އޭނާއަށް ދެއްކިފައެއްނުވެއެވެ.

އެ މައްސަލާގައި އައްފާން 18 އަހަރަށް ޖަލަށްލުމުގެ އިތުރުން 75،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

ކެނަބިސް ޓްރެފިކް ކުރި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

Saeed

ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ މަންޒަރު ފަތުރައިގެން މާލީ މަންފާ ހޯދި ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި