ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާން އޮތީ ހުރިހާ ރައްޔިތުންވެސް އަމިއްލަ ނަފުސަށް ތެދުވެރިވެގެން: ރައީސް

447367 fb5c0185 a
TTH_Ads
STO_Ads
Advertisement

އެމަނިކުފާނު ތެދުވެވަޑައިގެން ހުންނެވީ ރައްޔިތުންނާ އެކުގައި ކަމަށާ، ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުވާން އޮތީ ހުރިހާ ރައްޔިތުންވެސް އަމިއްލަ ނަފުސަށް ތެދުވެރިވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި، އާންމު އިޖުތިމާޢީ އެކި ދާއިރާތަކުން ރައްޔިތުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި، އެމަނިކުފާނާ ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މިވަގުތު ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން ވަކީން ޚާއްޞަކޮށް، މަސްތުވާތަކެތީގެ މައްސަލައާއި، ޤަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިތުރުން ޝަރުޢީ އިމުގެ ތެރެއިންވެސް މިކަންކަމަށް ޙައްލު ހޯއްދެވުމަށް ކުރައްވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެއްޖެ މީހެއްގެ ޙުކުމަށް، މަޢާފު ނުލިބޭ ގޮތަށް، އެމީހެއްގެ މުޅި ޢުމުރަށް ތަންފީޒުކުރަންޖެހުމާއި، ޤަވައިދާ ޚިލާފުވާ ބިދޭސީން ޑީޕޯޓްކުރުމުގައި ޢަމަލުކުރައްވާ ސިޔާސަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ބިދޭސީންނަށް އެފަދަ ފުރުޞަތުތައް ފަހިކޮށްދެވުމުގައި ދިވެހީންގެ ދައުރު އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަސޭހަތަކެއް ހުރިކަމުގައި ވީ ނަމަވެސް، އެކަން ދޫކޮށް، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި ވަޒީފާގެ ފުރުޞަތުތަކަކީ ހަމައެކަނި ސަރުކާރުގެ ތެރެއިން ފަހިވާންޖެހޭ ފުރުޞަތުތަކެއް ނޫންކަމަށާ، އަމިއްލަ ފަރާތްތަކުންވެސް ދިވެހީންނަށް އެ ފުރުޞަތުތައް ޚާއްސަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

HajjCop_ads
Advertisement

މި މަޝްވަރާ ބައްދަލުވުމުގައި، ދިވެހި މުޖުތަމަޢު ކުރިމަތިލާން ޖެހިފައިވާ ހައްސާސް މައްސަލަތަކަށް ތަފްސީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މާފަންނު އަވަށަކީ މުޅި މާލޭ ސިޓީގައިވެސް އެންމެ އާބާދީ ބޮޑު އަވަށަށް ވީ ހިނދު، އެ އަވަށްވެސް ހިމެނޭހެން މުޅި ރާއްޖެއަށް މިއަދު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ މިރޭގެ ޖަލްސާގައިވެސް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، ދައުލަތުން ހުޅުވާލެއްވި ސްކީމެއްގެ ތެރެއިން 1 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އިތުރު ސްކީމަކަށް ކުރިމަތިލެވޭނެ ފުރުޞަތު ބަންދުވެފައި އޮތްއޮތުމުގެ ކަންބޮޑުވުމަކީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ.

ސަރުކާރުން ހުރިހާ ކަމެއްވެސް ކުރައްވާނީ ހާމަކަން ބޮޑު، ދެފުށްފެންނަ ގޮތަށް ކަމަށާ، އަޅުއްވަންޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއްވެސް މި މޭރުމުން އަޅުއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް އީޖާބީ ގޮތެއްގައި ރިޢާޔަތްކުރައްވައި، އެކަންކަން ބައްލަވާނެ ކަމަށާ، އަދުގެ ސަރުކާރުން އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލޭ ސިޓީގެ އާންމު އުމްރާނީ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތްތަނުގައި ކުރެއްވުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް މިރޭގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ. ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމާއި، މަރާމާތުކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ މަސައްކަތްތައް ހިނގަމުންދާއިރު ވަގުތީ ދަތިތަކެއް ކުރިމަތިވީ ކަމުގައި ވީ ނަމަވެސް، ފަހުން ލިބޭ ފަސޭހަ ބޮޑުވާނެކަން ހަނދާންކޮށްދެއްވާފައެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރު ސަރުކާރުން ކުރިއަށްގެންދަވާނެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަޝްރޫޢަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް އަޅުއްވާ މުހިންމު ފިޔަވަޅެއްކަން ތަކުރާރުކުރައްވާފައެވެ. ހަމަ މިމޭރުމުން އެމަނިކުފާނު ވަނީ، އަދުގެ ސަރުކާރަކީ އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވާނެ ސަރުކާރެއް ނޫންކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން، ފުލުހުންނާއި ސިފައިންނަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ދޭހަވާފަދަ މޭރުމަކުން ދެކެވޭ ވާހަކަތަކުގައި ޙަޤީޤަތެއް އެކުލެވިގެން ނުވާކަމާއި، އެއީ ދިވެހީންގެ ފަޚްރު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަންދާންކޮށްދެއްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

466845 e668f9cd 6

 މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް”، އެމްޑީޕީން ގެންގުޅުނީ ޕްރޯ-އިސްރާއީލު ސިޔާސަތެއް: ރައީސް