ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޖީއެމްއެޗުގައި ކުރި ފުރަތަމަ ބެރިއަޓްރިކް ސަރޖަރީ ކާމިޔާބު

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކުރި ފުރަތަމަ ބެރިއަޓްރިކް އޮޕަރޭޝަން (ސްލީވް ގަސްޓްރެކްޓޮމީ) ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރާ މި ސާޖަރީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ރަސްމީކޮށް ފެށީ އިއްޔެއެވެ.

އެއަށްފަހު އައިޖީއެމްއެޗްގައި މިފަދަ ފުރަތަމަ އޮޕަރޭޝަން މިއަދުކޮށްފައިވާއިރު، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ބޭރުގެ ތަޖުރިބާކާރު ޕްރޮފެސަރ ޑޭޓޯ ޑރ. ނިކް ރިޓްޒާ ކޮސައިގެ އިރުޝާދުގެ ދަށުންނެވެ. އަދި އައިޖީއެމްއެޗްގެ ބެރިއަޓްރިކް ސަރޖަން ޑރ. އާޒްނާ އާއި ހޮސްޕިޓަލުގެ ހީވާގި ސަރޖަރީ ޓީމު ގުޅިގެން މި އޮޕަރޭޝަން ވަނީ ފުރިހަމަކޮށްފައެވެ.

HajjCop_ads
Advertisement

މި މުހިންމު ކާމިޔާބީ ހާސިލްކޮށްދިނުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް، ހޮސްޕިޓަލުގެ ފަރާތުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައިފައެވެ. އެގޮތުން އޯޓީ ނަރުހުން، އެނެސްތީސިއާ ޓީމް، އަދި ސަރޖަރީގެ އެންމެހާ ޓީމުގެ ބުރަ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

ބެރިއަޓްރިކް ސަރޖަރީގެ ފައިދާތައް

ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް، އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވާ ވަރަށް ކާމިޔާބު އޮޕަރޭޝަންތަކެކެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމީހާއަށް ރަނގަޅު ސިއްޙަތެއް ލިބި، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެންދެއެވެ. އަދި އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދިނުމަށް އެހީތެރިވެއެވެ.

މީގެ އެންމެ މުހިންމު އެއް ފައިދާއަކީ ބަރުދަން މަތިވުމާ ގުޅިގެން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބަލިތަކަށް (އެންސީޑީ) ބޭސްކުރަން ނުޖެހުމެވެ. އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕަށް ހުޅުވާލައިފި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

90

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދާނެ ފެސިލިޓީއެއް ޤާއިމްކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ