ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިސާދީ މިސްރާބާ މެދު އަލުން އިތުބާރު ބޮޑުކުރެވިއްޖެ: ޒަމީރު

Ii
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިސާދީ މިސްރާބާ މެދު އަލުން އިތުބާރު ބޮޑުކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް ”ނެގެޓިވް“ އައުޓްލުކް ”ސްޓޭބަލް“ އަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ޒަޢާމަތުގައި އިޤްތިޞާދު ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ބޭރުގެ ލިކުއިޑިޓީ ރަނގަޅުކޮށް، ޑޮލަރުގެ އާމްދަނީ އިތުރުކޮށް، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ހަރުދަނާކޮށް، ބަޖެޓް ހިންގުން ހަރުދަނާކުރެވިފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

މިފަދަ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދަށް އޮތް ފިއްތުންތައް ކުޑަވެ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އޮތް އިތުބާރު އަލުން އިއާދަވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު ފޯކަސް ހުރީ މާލީ ހާލަތު ރަނގަޅުކޮށް، ޒިންމާދާރުކަމާއެކު ދަރަނި އަދާކުރުމުގެ ކަންކަން އިންތިޒާމްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްޤީ ކުރިއެރުވުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައި، ރޭޓިންގ އަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، މި ސިޔާސަތުތަކާއެކު 9 ނޮވެންބަރު 2025 ގެ ނިޔަލަށް މި އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައިކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެއެވެ. އަދި މޫޑީޒްގެ ނޫސްބަޔާނުގައި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ޚަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ވަނީ ފާހަގަކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister zameer

މާލީ އަދި ހިންގުމުގެ ނިޒާމުތަކަށް އިސްލާހުތަކެއް ގެނެވިއްޖެ: ޒަމީރު

Zamer

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަހައްދުގެ ދެ ފަޅެއް ބަލަނީ

DSC

ކުންފުނިތަކުގެ މުވައްޒަފުން ކުއްލިއަކަށް ކަނޑައެއް ނުލާނެ، މަދުކުރާނީ ގާނޫނީ އިމުގެ ތެރެއިން: ޒަމީރު

DSC

މިހާތަނަށް %93 މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަން މަސައްކަތް ނިމިއްޖެ: ޒަމީރު