ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ އާއި ހުޅުމާލެއަށް ކަރަންޓު އަލުން ދޭން ފަށައިފި

stelco
STO_Ads
TTH_Ads

މިއަދު މެންދުރު ފަހު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކެއް ދިމާވިއެވެ. ހުޅުމާލެއިން ކަރަންޓު ކެނޑިފައި ވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެންނެވެ.

ސްޓެލްކޯއިން މައުލޫމާތު ދެއްވި ގޮތުގައި ހުޅުމާލޭ ބާ އިންޖީންގެ އެނެކްސް 1 ގެ މީޑިއަމް ވޮލްޓޭޖް ޕެނަލްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މި ދެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ބައެއް ފީޑާތައް ކުއްލި ގޮތަކަށް އޮފްވެފައި ވެއެވެ. އެހެންވެ ވަގުތީ ގޮތުން ކަރަންޓު ކެނޑިގެން ދިޔައީއެވެ.

މިހާރު ފީޑާތައް އޮން ކުރުމާއެކު ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދެމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި މައްސަލައިގެ ސަބަބުން އާންމުންނަށް ލިބުނު ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

Maldivian_Ads

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco MD azvar

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ޑރ.އަޒްވަރު އައްޔަންކޮށްފި

stelco

ކަރަންޓް ކޭބަލަކަށް ގެއްލުންވެއްޖެނަމަ، ސިއްރުނުކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފި

WhatsApp Image 2026 04 25 at 15.44.41 (1)

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑުނީ މަގު ހެދުމުގެ މަސައްކަތަށް ކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެގެން

ބ، ޅ އަދި މ އަތޮޅުގެ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި