ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖިލީހުގެ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފި

majilis
STO_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރު ކުރުމަށް ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ. ދައުރުގެ މުއްދަތު އިތުރު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ. އެގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެއީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކުރިއަށްދާ ފުރަތަމަ ދައުރުގެ ޖަލްސާތަކާއި، ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ދެވަނަ ދައުރުގެ ޖަލްސާތައް އަދި އޮކްޓޯބަރު މަހުގެ 1އިން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ތިންވަނަ ދައުރުގެ ޖަލްސާތަކެވެ.

މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރުކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.

މިއަހަރުގެ ތިންވަނަ ދައުރުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. އެއީ އަންނަ ހަފުތާގެ އާދީއްތަ ދުވަހެވެ. ނަމަވެސް މަސައްކަތްތައް ހުރުމުން ރިޔާސަތުން ނިންމަވާފައިވަނީ އަންނަ ޑިސެންބަރު މަހުގެ 4ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރުމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ފެނަކައިގެ އައްޑޫ ބްރާންޗުގެ ކޮރަޕްޝަން މައްސަލަތައް ބަލަން ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

majilis

ޑިޖިޓަލް އައިޑެންޓިޓީގެ ބިލު މަޖިލީހަށް ހުށަހަޅައިފި

majilis naib raees nazim

މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހު

43

ޔުނިފޯމް އެޅި މުއައްސަސާތަކުގެ މުވައްޒަފުންނާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ކޯޓަށް ހުށަހަޅަންޖެހޭގޮތް ހަދަނީ