ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

15 ފަރާތަކަށް ރެހެންދި އެވޯޑް ދީފި

Whatsapp image 2025 11 16 at 00.34.03
STO_Ads
TTH_Ads
Advertisement

ގައުމީ ޚިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ގައުމީ ތަރައްޤީއާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް، އަގުވަޒަން ކުރުމުގެގޮތުން ދޭ ރެހެންދި އެވޯޑު 15 މީހަކަށް ދީފިއެވެ.

ބާސެލޯ ނަސަންދުރާ ގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެ ފަރާތްތަކާ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ. މި އެވޯޑް ލިބުން 15 ފަރާތުގެތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ އެވޯޑު ލިބުނު 5 ފަރާކާއި، މި އަހަރުގެ އެވޯޑް ލިބުނު 10 ފަރާތެކެވެ.

ރެހެންދި އެވޯޑު ލިބުނު ފަރާތްތަކާއެކު މެޑަމް ސާޖިދާ

މިދިޔަ އަހަރުގެ އެވޯޑް ލިބުން 5 ފަރާތް

HajjCop_ads
MMA_Ads
Advertisement

  • ކ. ކާށިދޫ، މާވިނަ، މަރިޔަމް އިނާޝާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ތ. ވިލުފުށި، ތަނޑިރަތްމާގެ، މަރިޔަމް މުރުޝިދާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ހދ. ކުޅުދުއްފުށި، ހިކިފިނިފެންމާގެ، އަސްމާ ޙަސަން (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ހދ. ކުޅުދުއްފުށި، ޓޯޓަލްގެ، އާއިޝަތު ތާއިފާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ލ. ފޮނަދޫ، ފުރުއްމާގެ، ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)

މި އަހަރުގެ އެވޯޑް ލިބުން 10 ފަރާތް

  • ގއ. ކަނޑުހުޅުދޫ، އަތަމާގެ، އާއިޝަތު ޙުސައިން (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ތ. ކިނބިދޫ، މުރިނގު، ސުރައްޔާ އިބްރާޙީމް (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • މާލޭ ދަފްތަރު 2823، އާމިނަތު އާދަމްކޮއި (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ހ. ލައިޓްސްޓާ، އާމިނަތު ރީމާ ރަޝީދު (ލީޑަޝިޕް އަދި ގަވަނެންސްގެ ދާއިރާ)
  • މ. ހުދުކާނޭޝަން، ޑރ. ރުހުޝާނާ އަޙްމަދު (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ތ. ވިލުފުށި، ދޫރެސް، ސަމީނާ އިބްރާޙީމް (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ހުޅުމާލެ ގޯތި 10228، ސަފާތު އަޙްމަދު ޒާހިރު (އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ސ. ފޭދޫ، ފަރިމާގެ، އާއިޝަތު ވަހީދާ (އިގުތިސޯދީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ)
  • ހ. ފަހަމަ، އާމިނަތު ސޫޒަން (ލީޑަޝިޕް އަދި ގަވަނެންސްގެ ދާއިރާ)
  • އއ. އުކުޅަސް، މުރީދުގެ، ޒަހިއްޔާ މުޙައްމަދު (އާއްމުކޮށް އަންހެން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ)

މިދިޔަ އަހަރުގެ ރެހެންދި އެވޯޑަށް 22 ފަރާތަކުން ކުރިމަތިލިއެވެ. އަދި މިއަހަރުގެ އެވޯޑަށް 28 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

މި އެވޯޑް ދޭންފަށާފައި ވަނީ 2014 ވަނަ އަހަރުއެވެ. މިހާތަނަށް 60 ފަރާތަކަށް މި އެވޯޑް ދީފައިވެއެވެ.

 

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

461752 46d9108b 9

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ފަސްޓް ލޭޑީ

saajida

އެންމެ ވަރުގަދަ ރައްކާތެރިކަމެއް ކުދިންނަށް ލިބިގެންދާނީ އަޅުގަނޑުމެން ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން: ސާޖިދާ

459886 d25634c1 4

މެޑަމް ސާޖިދާ ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތްކުރައްވައިފި

ކޮޅުނބުގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް މެޑަމް ސާޖިދާ ޒިޔާރަތް ކުރައްވައިފި