ކުއްލި ޚަބަރު

މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފި

ފުނަދޫ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

ނަވީން ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވަޑައިގެންފި

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް އެމް.ޕީ.އެލް އާއި އެމް.އެން.ޔޫއާ ދެމެދު ފަހުމުނާމާއެއް

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށް އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު މުއީނެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

މި އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލް އާއި އެމް.އެން.ޔޫ ގުޅިގެން “މޮޑާރން ޕޯޓް މެނޭޖްމަންޓް”ގެ ޑިގްރީ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މޯލްޑިވްސް ކޮލިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)ގެ އެކްރެޑިޝޭނާއެކު، ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ހިންގާ ފުރަތަމަ ޑިގްރީ ޕްރޮގްރާމެވެ.

އެމް.ޕީ.އެލް ޕޯޓް ޓްރެއިނިން ސެންޓަރ އިން މިހާރުވެސް ދަނީ އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ބައެއް ކޯސްތައް ހިންގަމުންނެވެ. މީގެ އިތުުރުން މުވައްޒަފުންނަށް ތަޢުލިމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފި

ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތަށި އެމްޕީއެލް އާއި ކަސްޓަމްސްއިން އުފުލާލައިފި

students

ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

TTH_advertisement