ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު ރައީސް އާ ބައްދަލުކުރައްވައިފި

Mal
TTH_Ads
Maldivian_Ads
STO_Ads
Advertisement

އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕު ރާމް މޯހަން ނައިޑު ރައީސުލްޖުމުހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ، ކިންޖަރަޕު ރާމް މޯހަން ނައިޑުއަށް މަރުޙަބާ ވިދާޅުވެ، ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް އިންޑިއާއިން ވެދެއްވާފައިވާ ދީލަތި އެހީތެރިކަމަށްޓަކައި އިންޑިއާގެ ސަރުކާރަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާ ކުރެއްވިއެވެ. ޚާއްސަކޮށް ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ކަނޑައެޅިފައިވާ ވަގުތަށް ނިންމަވައިދެއްވައި ހުޅުވުމަކީ ރާއްޖެ، ދުނިޔެއާއި ގުޅުވައިދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔަ މަޝްރޫޢެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށާ، ބޮޑުވަޒީރު މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާ އަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކުރެޑިޓް އެއްބަސްވުމަކީ ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫޢު ތަކެއްގެ ބިންގާކަން ފާހަގަކުރައްވައި، މި މަޝްރޫޢުތައް ވަގުތައް ނިންމަވައި، އޭގެ ބޭނުންހިފޭނެ މަގު ތަނަވަސްކޮށްދެއްވުމުގައި ވެސް އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެއަރޕޯޓުގެ މަސައްކަތް ނިމި އެރޕޯޓް ހުޅުވުމާ ގުޅިގެން، ދިވެހި ސަރުކާރަށް މަރުޙަބާ ވިދާޅުވެ، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން ވަނީ، މި މަޝްރޫޢަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން، ވަރަށް ގާތުން ބައްލަވަމުން ގެންދެވި މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޢިއްޒަކީ އިންޑިޔާ ކަނޑުގެ ތަރައްޤީގެ ވަރަށް މުހިއްމު ދެ ބައިވެރިން ކަމުގައެވެ. އަދި ރާއްޖޭގައި މިހާރު ފެށިފައިވާ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމައި، ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްޞަ މަންދޫބު އަދި އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން،  ޝްރީ ކިންޖަރަޕު ރާމްމޯހަން ނައިޑޫވެސް ބައިވެރިވެވަޑައިގަތެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

މިނިސްޓަރު ފެންވަރުގައި ޠަލާލް އާއި ހަބީބު ރައީސް އޮފީހުގެ މަގާމްތަކަށް އައްޔަންކުރައްވައިފި

472257 9898eaed d

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމުގައި ޒުވާން ޚަޠީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް