އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ސްޓެލްކޯގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

ކ. ގިރިފުށީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށްގެންދާ ލީޑަރޝިޕް ޕްރޮގުރާމުގައި އިއްޔެ ކުރިއަށްގެންދިޔަ މި ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދީފައިވެއެވެ.

އަދި މި ސެޝަނުގައި އަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދީފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ސްޓެލްކޯގެ 58 މުވައްޒަފުން ބައިވެރިވި މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.