މި މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި އެންމެން ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ އެންމެން މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ.

އެކަމަކު ފުލުހުން ކޯޓުގައި އެދުނީ އަނެއްކާވެސް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.

އިޝްތިހާރު އިޝްތިހާރު

މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ ތެރޭގައި ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޔައުގޫބު އަބްދުﷲ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ކ. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ވެސް ހިމެނެއެވެ.

އެ އެންމެންގެ ތަހުގީގު ބަޔާން ފުލުހުން މިހާރު ވަނީ ނަގާފައެވެ.