ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

11 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ބަންދަށް 30 ދުވަސް

43
STO_Ads
TTH_Ads

ރާއްޖެއަށް އެތެރެކުރި 11 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފިއެވެ.

ރާއްޖެއަށް 11.9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ދެ މީހުން ކަމަށްވާ، ޔުތިޝް ރާޖް ރާޖަން، (27އ) އާއި އީޝްވަރުމުރިތީ ޝަންމުގަމް، (24އ) އެވެ.

ފުލުހުން ބުނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެ މީހުން ހައްޔަރު ކުރީ ރާއްޖެ އައި އިރު ގެނައި ޑްރަގާ އެކު ކަމަށެވެ.

Maldivian_Ads

އެ މީހުން ފުލުހުންނާ ހަވާލުކުރީ ކަސްޓަމްސް އިންނެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މީހުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 5،370 ގްރާމުގެ ކެނަބިސް ފަތާއި 6،590 ގްރާމުގެ ހަޝިޝް އޮއިލްއެވެ. އެ ތަކެތީގެ އަގު 9.6 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ހުޅުމާލެއިން ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި

Ui

ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީގޯނާ ކުރި މީހަކު 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

988

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ވިއްކި މީހަކު ހައްޔަރުކޮށްފި

43

ވައްކަންކުރި މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި