ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންސާނުންގެ ގުނަވަން ބަދަލުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ފޮނުވައިފި

majilis
TTH_Ads
STO_Ads
Advertisement

ލައިވް ޑޯނާ އޯގަން ޓްރާންސްޕްލާންޓް ކުރެވޭގޮތަށް، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެ ބިލު މިއަދު މަޖިލީހަށް ހުށަހަޅާފައިވާ އިރު، ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ދިނުމުގެ ގޮތުން ހޮސްޕިޓަލުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް އޮޕަރޭޝަން ތިއޭޓަރުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވާ އެ ބިލުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދިނުމަށް ކަނޑައަޅަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެނޫން ވެސް ކަމާ ގުޅޭ އުސޫލުތައް އެ ބިލުގެ ދަށުން ހަދަން ޖެހެއެވެ.

HajjCop_ads
Advertisement

އެ ބިލުގައިވާ ގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް އޯގަން ޑޯނާ ޓްރާންސްޕްލާންޓުކުރުމަށެވެ. އަދި ހަދިޔާ ކުރެވޭނީ އެއް ވައްތަރެއްގެ ދެ ގުނަވަން ހުންނަ ގުނަވަންތަކާއި، އެ ގުނަވަނުން ބައެއް ނެގި ނަމަވެސް، ރީޖެނެރޭޓް ވާ ގުނަވަންތައް ކަމަށެވެ. ނަމަވެސް މީހެއްގެ އޯވަރީއެއް ނުވަތަ ޓެސްޓިކަލެއް ޓްރާންސްޕްލާންޓް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ވަކި ޝަރުތުތަކެއް ވެސް ހުންނަން ޖެހެއެވެ. އެއީ ދިވެއްސަކަށް ވުން، 18 އަހަރު ވެފައިވުން، އަމިއްލަ އިހުތިޔާރުގައި އެކަމަށް ރުހިގެން ގުނަވަން ހަދިޔާކުރުން އަދި ބުއްދި ސަލާމަތުން ހުރުމެވެ. ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި، ހުކުމެއްގައި ތިބޭ ފަރާތްތަކުގެ ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެ ބިލުގައިވާ ގޮތުން، އެ ހިދުމަތަށް ހާއްސަ ކައުންސިލަކާއި ކޮމިޓީއެއް ވެސް އުފައްދަން ޖެހެއެވެ. “ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލު”ގެ ނަމުގައި އުފައްދާ ކައުންސިލުގެ މަސްއޫލިއްޔަތުތަކަކީ ގަވާއިދު ހެދުމަށް އިރުޝާދުދީ، ހިދުމަތްދިނުމަށް ހުއްދަދިނުމާއި ހުއްދަ ބާތިލުކުރުމާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، އޮތޮރައިޒޭޝަން ކޮމިޓީން މަސައްކަތްކުރަމުންދޭތޯ ބެލުމެވެ. އަދި ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ބަލާނީ ވެސް އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން “ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ”ގެ މަސްއޫލިއްޔަތުތަކަކީ، ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމެވެ. އެ ކޮމިޓީއަށް ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ގާއިމުކޮށްފައިވާ “ކުލިނިކަލް ކޮމިޓީ” އާއި “އެތިކްސް ކޮމިޓީ” އިން ބަލަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަނީ ހިމަނައިފައެވެ. އެގޮތުން ޓްރާންސްޕްލާންޓު ކުރުމަށް ހުއްދަދިނުމަށް ވަކި އިޖުރާތްތަކެއް ފުރިހަމަކުރަން ޖެހެއެވެ.

އެ ބިލުގެ ދަށުން ރުހުން ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުން އަދި ގުނަވަނުގެ ވިޔަފާރިކުރުމަކީ ގާނޫނީ ކުށެކެވެ. އެގޮތުން އެ ކުށްތައް ކޮށްފި ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ. އެ ޖޫރިމަނާތަކާއެކު، ބައެއް ކުށްތަކުގައި އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލުގައިވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis naib raees nazim

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމުގެ މަސައްކަތް ފަށައިފި

43

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

majilis

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި

majilis

މެތަލްފެނެޑޭޓް އެތެރެކުރަން ހުއްދަ ދިނުމަށް މަޖިލީހުން ރުހުންދީފި