ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީޑީއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ފިލިޕިންސަށް އައިސްފައިވަނީ 7.6 މެގްނިޓިއުޑްގެ ބިންހެލުމެވެ. މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ ދެކުނުން އޮންނަ މިންޑަނައޯއަށް ކަމަށް އިންޑިއާގެ ބިންހެލުންތައް މޮނިޓާ ކުރާ އިދާރާއިން ވަނީ ބުނެފައެވެ.

ފިލިޕިންސްގެ ބިންހެލުންތައް މޮނިޓާ ކުރާ އިދާރާއިން ވަނީ ބިންހެލުމާއި ގުޅިގެން އައްސޭރިފަށުގައި ދިރިއުޅޭ ފަރާތްތަކުން އުސް ސަރަހައްދަކަށް ދިއުމަށް އިލްތިމާސް ކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ކަނޑުގެ 10 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދީފައިވާއިރު، 1 މީޓަރުގެ ރާޅު އަރާނެ ކަމަށް ވެސް ލަފާ ކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކަށް އެއަށްވުރެ ބޮޑެތި ރާޅުތައް ނަގާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ތަފްސީލް އަންނަނީ....