ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.

ޒާޔާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހިފެހެއްޓީ ފޭސްބުކުގައި ފުލުހުންނަށް އިންޒާރުދީ ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ.

ކޯޓު އަމުރުގައި އެ ޕޯސްޓު ކުރި ތާރީހާއި ގަޑި ވެސް ހިމަނާފައެވެ.

އިޝްތިހާރު އިޝްތިހާރު

އެ ޕޯސްޓުގައި ލިޔެފައިވަނީ "17 ނޮވެންބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔަަރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ" މިފަދައިންނެވެ. އަދި ފުލުހުންގެ ފޭސްބުކް ޕޭޖު ޓެގުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.