މާލޭގެ ކުރީގެ މޭޔަރު މައިޒާން ޢަލިމަނިކު (މައިޒާން އަލިބެ)ގެ އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ތަޢުޒިޔާ ދަންނަވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ އަދި މާލެ ސިޓީގެ މޭޔަރުކަންވެސް ކުރެއްވި ޚިދުމަތްތެރިޔާ މައިޒާން ޢަލިމަނިކު (މައިޒާން އަލިބެ) ގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
Dr Mohamed Muizzu@MMuizzuإِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ އަދި މާލެ ސިޓީގެ މޭޔަރުކަންވެސް ކުރެއްވި ޚިދުމަތްތެރިޔާ މައިޒާން ޢަލިމަނިކު (މައިޒާން އަލިބެ) ގެ ލޮބުވެތި …
"މަރްޙޫމާ ޢާއިޝަތު ޒަމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށި. އާމީން"، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.