ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފި

TTH_Ads
STO_Ads
Advertisement

ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، މި މަޝްރޫޢުގެ ތެރެއިން މިހާރު 1،136 މީޓަރުގެ ތާރު މަގުތަކުގައި އަޅާފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. އެއާއެކު މުޅި މަޝްރޫޢުގެ ޖުމްލަ %80 މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، ފޮނަދޫގެ 3.64 ކިލޯމީޓަރުގެ މަގުގެ ސަަރަޙައްދުގައި ތާރަ އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި އެރަށަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލުގެނައުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކާއި، މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ އިތުރުން، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 53.99 މިލިޔަން ރުފިޔާއަށެވެ.

HajjCop_ads
Advertisement

މަގުތައް ހަލާކުވެ އަޑިގުޑަންވުމާއި، އަދި ފެންބޮޑުވުމުގެ މައްސަލަ ބޮޑުވެ ފޮނަދޫގެ މަގުތައް ފުރަތަމަ ތަރައްޤީކުރަން ފެށީ 2017ވަނަ އަހަރުއެވެ. ނަމަވެސް އެ މަޝްރޫޢުގެ މަސައްކަތް ހުއްޓިފައިވަނިކޮށް، އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން އަލުން ފަށާފައިވަނީ 2019ވަނަ އަހަރުގެ ޖޫން މަހުއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ

ތިލަފުށީ އެމްޕީއެލް ސައިޓުގެ ކުއޭ ވޯލް މަޝްރޫއު ބާރުު ސްޕީޑުގައި ކުރިއަށް

Da352f59 89a6 4400 a330 61d207cfa9cb

ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނުނިމޭތީ: އެމްޓީސީ

788

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ބަސް ދަތުރުތައް އަލުން ފަށައިފި